އިންޑިޔާގެ އާ ގާނޫނުލް އުގޫބާތުގެ 69 ވަނަ މާއްދާގައި އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރެއިން އުފައްދާ ޖިންސީ ގުޅުންތައް ކުށެއްކަމަށް ކަނޑައަޅާފައިވެ އެވެ. އެ މާއްދާގެ ބޭނުމަކީ އަންހެނުންގެ ކިބައިން ޖިންސީ ނާޖައިޒު މަންފާ ހޯދުން ހުއްޓުވުމެވެ.
އިންޑިޔާގެ އާ ގާނޫނުލް އުގޫބާތުގައި ދޮގު އަސާސެއްގެ މައްޗަށް ބިނާކޮށް އަންހެނުންނާ ޖިންސީ ގުޅުން ހިންގާ ފިރިހެނުންނަށް އަދަބު ދޭ މާއްދާއެއް ހިމަނައިފި އެވެ.
އިންޑިޔާގެ އާ ގާނޫނުލް އުގޫބާތުގެ 69 ވަނަ މާއްދާގައި އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރެއިން އުފައްދާ ޖިންސީ ގުޅުންތައް ކުށެއްކަމަށް ކަނޑައަޅާފައިވެ އެވެ. އެ މާއްދާގެ ބޭނުމަކީ އަންހެނުންގެ ކިބައިން ޖިންސީ ނާޖައިޒު މަންފާ ހޯދުން ހުއްޓުވުމެވެ.
މި މާއްދާއަކީ ދެމީހުންގެ މެދުގައި އޮތް ގުޅުން ކެނޑުމަށްފަހު ރޭޕުގެ ތުހުމަތުކޮށް އަންހެނުން ހުށަހަޅާ ގިނަ މައްސަލަތަކާ ގުޅިގެން ގާނޫނުގައި ހިމެނި މާއްދާއެކެވެ. ކުރިން އެފަަދަ މައްސަލަތަަކުގައި ދައުވާކުރަނީ ގާނޫނުގައި ހުންނަ އާންމު ވަރަށް ފުޅާ މާއްދާތަކަށް ބިނާކޮށެވެ.
އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއިން ބުނި ގޮތުގައި ގާނޫނުލް އުގޫބާތަށް އަލަށް އިތުރުކުރި މި މާއްދާގެ ދަށުން ކާވެނިކުރާނެ ކަމުގައި ބުނެ ނުވަތަ ވަޒީފާއެއް ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމަށް ވައުދުވެގެން ނުވަތަ ޝަހުސު އޮޅުވާލައިގެން އަންހެނަަކާއެކު ޖިންސީ ގުޅުން ހިންގުމުގެ އަމަލުތަކާ ގުޅިގެން ދައުވާކުރެވޭނެ އެވެ.
މި މާއްދާގެ ދަށުން އުފުލާ ދައުވާއެއް ސާބިތުވެއްޖެނަމަ ދިހަ އަހަރާ ހަމައަށް ޖަލަށް ލުމުގެ ހުކުމެއް އިއްވިދާނެ އެވެ. އަދި ޖޫރިމަނާކުރެވޭނެ އެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން މި މާއްދާ ހިމެނުމުން އެކަމަށް ތާއީދުކޮށްފައިވެ އެވެ. އެގޮތުން އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މަޖިލިސް ލޯ ޖަމްއިއްޔާގެ އޯޑްރޭ ޑްމެލޯ ވިދާޅުވީ މިއީ އަންހެނުންނަށް ލިބޭ އަނިޔާއަކީ ހަގީގަތެއްގެ ގޮތުގައި ބަލައިގަތުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް އެ މާއްދާއަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އެ މާއްދާ އެހާ ސާފު ނޫން ކަމަށެވެ. އަދި އެ ސާފުނުވުމުގެ ނާޖާއިޒު ބޭނުންކޮށްގެން ނުހައްގުން މީހުންނަށް އަދަބު ދިނުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ފާޑުކިޔާ މީޙުން ބުނެ އެވެ.
ފުލުހުންގެ ބައެއް އޮފިޝަލުން ފާހަގަކުރާ ގޮތުގައި އެ މާއްދާގައި ބަޔާންކުރާ ކުށް ހެއްކާއެކު ކޯޓުގައި ސާބިތުކޮށްދިނުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ އެވެ. އެގޮތުން ޖިންސީ ގުޅުން ހިންގުމުގެ ކުރިން ކަމަކަށް ވައުދވިކަން ސާބިތުކޮށްދިނުމަށް ހެކި ހޯދާނެ ގޮތާމެދު ފުލުހުންގެ އޮފިޝަލުން ސުވާލު އުފައްދަވާފައިވެ އެވެ.