އަޒާނުގެ އަނބިކަނބަލުން އިންޑިއާއިން ބޭރުކޮށްލި ވާހަކަ ދޮގުކޮށްފި

އަޒާން ވިދާޅުވީ އިންޑިއާގެ އެއާޕޯޓުން ކުރިމަތިވެވަޑަައިގެން ކަންތައްތަކާ ގުޅިގެން އަނބިކަނބަލުން އެ ގައުމުގައި ބަހައްޓަވަން ބޭނުންފުޅުނުވީ އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން، އިންޑިއާގެ ހާރިޖީ ވަޒީރާ ސަލާމް ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫމެދު ދާއިރުގެ މެންބަރު އަހުމަދު އަޒާންގެ އަނބިކަނބަލުން އިންޑިއާއަށް އެތެރެވުން މަނާކޮށް ފޮނުވާލި ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ.

އާއިލީ ބޭފުޅެއްގެ އޮޮޕަރޭޝަނަކަށް އިންޑިއާއަށް ވަޑައިގަތުމުން އަޒާންގެ އަނބިކަނބަލުން އިންޑިއާއަށް އެތެރެވުން މަނާކޮށް ފޮނުވާލި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.

އަޒާންގެ އަނބިކަނބަލުންގެ ނަން އިންޑިއާއަށް އެތެރެވުން މަނާ މީހުން ހިމަނާފައިވާ "ބްލެކް ލިސްޓެއްގައި" އޮންނަ ކަމަށާ އެހެން ކަމުން އެތައް އިރަކު ކޮޗިންގެ އިމިގްރޭޝަންގައި ހިފެހެއްޓުމަށް ފަހު ރާއްޖެ ފޮނުވާލީ ކަމަށް ބުންޏެވެ.

ނަމަވެސް އަޒާން ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އަޒާން ވިދާޅުވީ އަނބިކަނބަލުންނަށް އިންޑިއާއަށް އެތެރެވުމަށް ހުރަސްތަކެއް ކުރިމަތިވި ކުރުވި ކަމަށެވެ. ނަމަވެސް ފަހުން ހުއްދަ ދެއްވި ކަމަށެވެ.

އަޒާން ވިދާޅުވީ އިންޑިއާގެ އެއާޕޯޓުން ކުރިމަތިވެވަޑަައިގެން ކަންތައްތަކާ ގުޅިގެން އަނބިކަނބަލުން އެ ގައުމުގައި ބަހައްޓަވަން ބޭނުންފުޅުނުވީ ކަމަށެވެ.

"އެނބުރި އައީ އަޅުގަނޑު އަންގައިގެން،" އަޒާން ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު "އިންޑިއާ އައުޓް" ނަމުގައި ހިންގި ހަރަކާތުގައި ވަރަށް އިސް ދައުރެއް އަޒާން އަދާކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.