ވިއްސާރައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ކަންކަމަށް އަވަސް ހައްލު ހޯދުމަށް ޓާސްކުފޯހެއް އެކުލަވާލައިފި

މި ޓާސްކުފޯހުގައި ހިމެނެނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޗީފް އޮފް ޑިފެންސްފޯސް އާއި ކޮމިޝަނަރު އޮފް ޕޮލިސް އެވެ. މި ޓާސްކްފޯސްގެ ބައްދަލްވުމެއް މިރޭ ބާއްވާފަ އެވެ.

ޓާސްކުފޯހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން

ވިއްސާރައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ކަންކަމަށް އަވަސް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހާއްސަ ޓާސްކުފޯހެއް އެކުލަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ ވިއްސާރަ އާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޓާސްކް ފޯސްއެއް އުފައްދަވާފައިވާ ކަމަށެވެ.

މި ޓާސްކުފޯހުގައި ހިމެނެނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޗީފް އޮފް ޑިފެންސްފޯސް އާއި ކޮމިޝަނަރު އޮފް ޕޮލިސް އެވެ. މި ޓާސްކްފޯސްގެ ބައްދަލްވުމެއް މިރޭ ބާއްވާފަ އެވެ.

ބައްދަލްވުން ޗެއާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޓާސްކުފޯހުގައި ހިމެނިވަޑައިގަންނަވަނީ؛ 

  • މުހައްމަދު ޣައްސާން މައުމޫން – މިނިސްޓާ އޮފް ޑިފެންސް
  • އަލީ އިހްސާން - މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
  • ޑރ. އިސްމާއީލް ޝަފީއު - މިނިސްޓާ އޮފް އެޑިޔުކޭޝަން
  • ޑރ. އަބްދުﷲ ހަލީލު – މިނިސްޓާ އޮފް ހެލްތް
  • ތޯރިގް އިބްރާހީމް - މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ
  • އާދަމް ޝަރީފް އުމަރު - މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް
  • އަބްދުﷲ ފަޔާޒް – ޗީފް އޮފް ސްޓާފް
  • ޖެނެރަލް އިބްރާހީމް ހިލްމީ - ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ
  • އަލީ ޝުޖާއު - ކޮމިޝަނާ އޮފް ޕޮލިސް

މީގެ ދެ ދުވަހެއް ކުރީން ފެށިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިއަދު މާލެ ސަރަހައްދަށް މެދުކެނޑުމެއްނެތި ދަނީ ވިއްސާރަ ކުރަމުންނެވެ. ބައެއް ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހުނެވެ. އެކަމާއި ގުޅިގެން މުޅި މާލެ ވަނީ ފެނު އަޑީގަ އެވެ. ބައެއް ސަރަހައްދުތަކުގައި ވަރަށް އުސްކޮށް ފެން ބޮޑުވެފައިވެ އެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ވެސް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.

20 ރަށަކަށް ގެއްލުން، މާލޭގެ 252 ގެއެއްގައި ފެންބޮޑު

މިހާރު ކުރަމުންދާ ވިއްސާރާ ގައި މާލޭ ސިޓީގެ ގިނަ ގެތަކަކަށް ފެންވަދެ ގެއްލުންވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ މާލޭގެ 252 ގެއަކަށް ފެންވަދެ ގެއްލުން ވެގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ތިން ގޭބީސީއެއްގެ މީހުން އެހެން ތަނަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެއީ އެތަންތަނުގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެ ގެއްލުން ވުމުންނެވެ.

ވިއްސާރާ ގައި އަބަދުވެސް އެންމެ ގެއްލުން ވަނީ މާފަންނުކޮޅުގެ ގެތަކަށެވެ. މިހާރު ވެސް މާފަންނުގެ ބޮޑު ބައެއް އޮތީ ފެނު އަޑީގަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން 20 ރަށަކަށް ގެއްލުންވެގެން ރިޕޯޓް ލިބިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. އެންމެ އުތުރުގެ ހއގެ ހުރިހާ ރަށަކަށް ވަނީ ވިއްސާރާގައި ގެއްލުންވެފަ އެވެ. އަދި ހދ ގެ ބައެއް ރަށްތަކާއި ކ އަތޮޅުގެ ރަށަކާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވެސް ގެއްލުވެ ރިޕޯޓްކޮށްފައިވެ އެވެ. އެ ރަށްތަކަކީ؛

  •  ހއ. އިހަވަންދޫ
  •  ހއ. ހޯރަފުށި
  •  ހއ. ބާރަށް
  •  ހއ. އުލިގަމު
  •  ހއ. މާރަންދޫ
  •  ހއ. ތަކަންދޫ
  •  ހއ. މުރައިދޫ
  •  ހއ. ކެލާ
  •  ހއ. އުތީމު
  •  ހއ. މޮޅަދޫ
  •  ހއ. ވަށަފަރު
  •  ހއ. ފިއްލަދޫ
  •  ހދ. ނޮޅިވަރަމްފަރު
  •  ހދ. ނޮޅިވަރަމް
  •  ހދ. ހަނިމާދޫ
  •  ހދ. ނެއްލައިދޫ
  •  ކ. ހުރާ
  •  އައްޑޫ ސިޓީ ހިތަދޫ
  •  އައްޑޫ ސިޓީ މީދޫ
  •  އައްޑޫ ސިޓީ ފޭދޫ

އުތުރުގެ ބައެއް ރަށްރަށު ގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުން ވެފައިވެ އެވެ. ގަސް ވެއްޓުމާއި ތަކެއްޗަށް ގެއްލުން ވުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.

މީގެ އިތުރުން ބައެއް ގޭގައި ދިިރިއުޅެވޭނެ ގޮތެއް ނެތި ވަގުތީ ހިޔާތަކަށް އެގެތަކުގެ މީހުން ބަދަލު ކުރަން ޖެހިފައިވެ އެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި ހަތަރު ރަށަކުން ބައެއް ގޭގެ މީހުން އެހެން ގެތަކަށް ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އެ ގޮތުން ހޯރަފުށިން ހަ ގެއެއްގެ މީހުން އަދި ބާރަށާއި ކެލާ އަދި އިހަވަންދޫ އިން ދެ ގެއެއްގެ މީހުން އެހެން ގެތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

މާދަމާ ސަރުކާރު ބަންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

"މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި،" ހީނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.