ވިއްސާރާގައި މާލޭގެ 252 ގެއަކަށް ގެއްލުން، ތިން ގެއަކުން މީހުން ބަދަލު ކޮށްފި

އެންޑީއެމްއޭ އިން ބުނީ މާލޭގެ 252 ގެއަކަށް ފެންވަދެ ގެއްލުން ވެގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ތިން ގޭބީސީއެއްގެ މީހުން އެހެން ތަނަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ވިއްސާރަވެ މުޅި މާލޭގައި ވަނީ ފެންބޮޑުވެފައި: ތިން ގެއަކުން މީހުން ބަދަލުކޮށްފައިވޭ

މިހާރު ކުރަމުންދާ ވިއްސާރާ ގައި މާލޭ ސިޓީގެ ގިނަ ގެތަކަކަށް ފެންވަދެ ގެއްލުންވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.

މީގެ ދެ ދުވަހެއް ކުރީން ފެށިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިއަދު މާލެ ސަރަހައްދަށް މެދުކެނޑުމެއްނެތި ދަނީ ވިއްސާރަ ކުރަމުންނެވެ. ބައެއް ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހުނެވެ. އެކަމާއި ގުޅިގެން މުޅި މާލެ ވަނީ ފެނު އަޑީގަ އެވެ. ބައެއް ސަރަހައްދުތަކުގައި ވަރަށް އުސްކޮށް ފެން ބޮޑުވެފައިވެ އެވެ.

އެހެން ކަމުން އާންމު ދިރިއުޅުމަށް ބުރޫއަރާ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ.

ވިއްސާރަވެ މުޅި މާލޭގައި ވަނީ ފެންބޮޑުވެފައި: ތިން ގެއަކުން މީހުން ބަދަލުކޮށްފައިވޭ

އެންޑީއެމްއޭ އިން ބުނީ މާލޭގެ 252 ގެއަކަށް ފެންވަދެ ގެއްލުން ވެގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ތިން ގޭބީސީއެއްގެ މީހުން އެހެން ތަނަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެއީ އެތަންތަނުގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެ ގެއްލުން ވުމުންނެވެ.

ވިއްސާރާ ގައި އަބަދުވެސް އެންމެ ގެއްލުން ވަނީ މާފަންނުކޮޅުގެ ގެތަކަށެވެ. މިހާރު ވެސް މާފަންނުގެ ބޮޑު ބައެއް އޮތީ ފެނު އަޑީގަ އެވެ.

ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންނެވެ. އަދި ސިފައިންނާއި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ގެތަކާއި ފިހާރަތަކަށް ފެން ވަނުން ބަންދު ކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވިއްސާރަވެ މުޅި މާލޭގައި ވަނީ ފެންބޮޑުވެފައި: ތިން ގެއަކުން މީހުން ބަދަލުކޮށްފައިވޭ

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އެންމެ ބޯކޮށް ވާރޭވެހި ގެއްލުން ވެފައި ވަނީ އެންމެ އުތުރުގެ ހއ އަތޮޅަށެވެ. އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ގެއްލުން ވެފަ އެވެ. ހދގެ ބައެއް ރަށްތަކާއި އައްޑޫ ސިޓީގެ ރަށްތަކަށް ވެސް ގެއްލުންވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.