ހއގެ ހުރިހާ ރަށަކަށް ވަނީ ވިއްސާރާގައި ގެއްލުންވެފަ އެވެ. އަދި ހދ ގެ ބައެއް ރަށްތަކާއި ކ އަތޮޅުގެ ރަށަކާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވެސް ގެއްލުވެ ރިޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން 20 ރަށަކަށް ގެއްލުންވެގެން ރިޕޯޓް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.
މީގެ ދެ ދުވަހެއް ކުރީން ފެށިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އެންޑީއެމްއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާ ގައި 20 ރަށަކަށް ގެއްލުންވެފައިވާ ކަމަށާ އެ ރަށްރަށުން އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެންމެ އުތުރުގެ ހއގެ ހުރިހާ ރަށަކަށް ވަނީ ވިއްސާރާގައި ގެއްލުންވެފަ އެވެ. އަދި ހދ ގެ ބައެއް ރަށްތަކާއި ކ އަތޮޅުގެ ރަށަކާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވެސް ގެއްލުވެ ރިޕޯޓްކޮށްފައިވެ އެވެ. އެ ރަށްތަކަކީ؛
އުތުރުގެ ބައެއް ރަށްރަށު ގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުން ވެފައިވެ އެވެ. ގަސް ވެއްޓުމާއި ތަކެއްޗަށް ގެއްލުން ވުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.
މީގެ އިތުރުން ބައެއް ގޭގައި ދިިރިއުޅެވޭނެ ގޮތެއް ނެތި ވަގުތީ ހިޔާތަކަށް އެގެތަކުގެ މީހުން ބަދަލު ކުރަން ޖެހިފައިވެ އެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި ހަތަރު ރަށަކުން ބައެއް ގޭގެ މީހުން އެހެން ގެތަކަށް ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އެ ގޮތުން ހޯރަފުށިން ހަ ގެއެއްގެ މީހުން އަދި ބާރަށާއި ކެލާ އަދި އިހަވަންދޫ އިން ދެ ގެއެއްގެ މީހުން އެހެން ގެތަކަށް ވަނީ ބަދަލުކޮށްފަ އެވެ.