ނާއިބުގެ ފްރާންސް އަދި އިރާން ދަތުރުފުޅަށް 1.7 މިލިއަން ރުފިޔާ ހަރަދުވި

ޕެރިސް ދަތުރުފުޅަށް 1،344،127.04 ރުފިޔާ ހަރަދުވި ކަމަށް ވަނީ ބުނެފަ އެވެ. އިރާންގެ ދަތުރުފުޅަށް 464،617.43 ވަނީ ހަރަދުކޮށްފަ އެވެ.

ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެއާޕޯޓްގައި --

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ނަޝީދު، ފްރާންސްއާ އިރާނަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ތަފްސީލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަ ކޮށްފި އެވެ.

ނާއިބު ރައީސް ފްރާންސަށް ވަޑައިގަތީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ގައި ބައިވެރިވެވަޑައިގަަތުމަށެވެ. ސަރުކާރުން ބުނީ މި ދަތުރުފުޅު ކުރެއްވީ މުހިންމު ތިން ސަބަބެއް އޮވެގެން ކަމަށެވެ. އެއީ މިއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ވެފައި ޕެރިހުގައި ބޭއްވި މި މުބާރާތަކީ ފުރަތަމަ ފަހަރަށް ދިވެހި އެތްލީޓަކު ކޮލިފައި ވެގެން ކުޅުނު މުބާރާތަށްވުމާއި ފްރާންސަކީ ކުޅިވަރުގައި އެންމެ ފުންނާބު އުސް އެއް ގައުމަށްވުމުން ކުޅިވަރުގެ ދާއިރާ އިން ދިވެހި އެތްލީޓުންނާއި ދިވެހި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމުގައި ގެންގުޅޭނެ އައު ގޮތްތައް ދެނެގަނެ ފުރުސަތުތައް ހޯދުމަށް މަޝްވަރާ ކުރުން ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުބާރާތުގެ ތެރެއިން ރާއްޖެއާ ސްޕޯޓްސް ޓޫރިޒަމްގެ ރޮނގުން ރާއްޖެ، ދުނިޔޭގެ ލީޑަރުންނާއި އެތްލީޓުންނަށް ތައާރަފު ކުރުން ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ބޭރުގެ ގައުމުތަކުގެ ވަޒީރުންނާއި ބައްދަލު ކުރައްވާ ދިވެހި ކުޅިވަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް ހިޔާލު ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ.

ޕެރިސް ދަތުރުފުޅަށް 1،344،127.04 ރުފިޔާ ހަރަދުވި ކަމަށް ވަނީ ބުނެފަ އެވެ.

އިރާނަށް ވަޑައިގެންނެވީ އެ ގައުމުގެ އިންތިހާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މި ދަތުރުފުޅަށް 464،617.43 ވަނީ ހަރަދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.