މަސްވެރިކަަމުގެ ހިސާބު | މަސް ބޭރުކުރި މިންވަރު 47 އިންސައްތަ ދަށަށް

ނިމުނު އަހަރު ދަޅުގައި ބަންދުކޮށްގެން އަދި ޕައުޗުގައި ބަންދުކޮށްގެން 8،352 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މި އަހަރު ބޭރުކޮށްފަައިވަނީ 3،555 މެޓްރިކް ޓަނުގެ މަހެވެ.

މަސްވެރިކަން އިތުރަށް ފުޅާ ކުުރުމަށް ތަފާތު މަސައްކަތްތައް ސަރުކާރުން ވަނީ ރާވާފައި -- މިރާ

މަސްވެރިކަމުގެ އުފެއްދުންތައް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެކްސްޕޯޓު ކުރި މަހުގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު 47 އިންސައްތަ ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން މަހަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތަކަށް ބަލާއިރު ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 26،641 މެޓްރިކް ޓަނުގެ މަހެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 51،640.3 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ. 

ފާއިތުވި އަހަރު އަދި މި އަހަރުވެސް އެންމެ ގިނައިން ރާއްޖެއިން ބޭރުކުރީ ކަޅުބިލަމަހެވެ. ނިމުނު އަހަރު 37،660 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ބޭރުކުރިއިރު މި އަހރުގެ އެ މުއްދަތުގައި ބޭރުކުރެވުނީ އެންމެ 17،361.8 މެޓްރިކް ޓަނެވެ. 

މި އަހަރު ބޭރުކުރި ބޮޑު ކަންނެލީގެ އަދަދު ނިމުނު އަހަރަށްވުރެ އިތުރުވެފައިވެ އެވެ،. ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރުކުރީ 4،455.2 މެޓްރިކް ޓަނުގެ ބޮޑު ކަންނެއްޔެވެ. މި އަހަރު 5،137.8 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ. 

މި އަހަރު ދަޅުމަސް ބޭރުކުރި މިންވަރުވެސްވަނީ ދަށްވެފަ އެވެ. އެގޮތުން ނިމުނު އަހަރު ދަޅުގައި ބަންދުކޮށްގެން އަދި ޕައުޗުގައި ބަންދުކޮށްގެން 8،352 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މި އަހަރު ބޭރުކޮށްފަައިވަނީ 3،555 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން ޕައުޗުގައި ބަންދުކޮށްގެން އަދި ދަޅުގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު 57 އިންސައްތައިން ދަށްވެފައިވެ އެވެ. 

މަަސް ބޭރުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ރާއްޖޭގެ ޓްރޭޑް ޑެފިސިޓު ނުވަތަ ރާއްޖެއިން ބޭރުކުރާ މިންވަރާއި އެތެރެކުރާ މިންވަރުގެ ފަރަގު ވަރަށް ބޮޑަށް ބޮޑުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.