"ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް ސަރުކާރުން އެހީވާން އިސްކަން ދޭނެ"

އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގުތައް ރަގަޅު ފެންވަރުގައި ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިންމު އެއް އަމާޒަކީ ފެން ބޮޑުވާ މައްސަލަ ހައްލު ކުރުން ކަމަށެވެ.

ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަން ދީގެން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު ރަށްރަށުގައި ފެންބޮޑުގެ ގޭގެއަށާއި ތަކެއްޗަށް ދަނީ ގެއްލުންވަމުންނެވެ. އެންމެ އާބާދީ ބޮޑު މާލޭގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ގަދަ ވިއްސާރާގައި އާންމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ. 

އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގުތައް ރަގަޅު ފެންވަރުގައި ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިންމު އެއް އަމާޒަކީ ފެން ބޮޑުވާ މައްސަލަ ހައްލު ކުރުން ކަމަށެވެ.

"އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ. ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ހައްލު ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތަށް ވިއްސާރަވާ ކޮންމެ ފަހަރަކުން ވެސް މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެވެ. އެކަން ހައްލު ކުރެވޭނީ މަގުތައް ރަގަޅު ފެންވަރަކަށް ތަރައްގީ ކޮށްގެންނެވެ. މާލޭގެ މަގުތައް ހަދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ. މަގުތައް ހަދާނީ އަވަސް އަވަހަށް ކޮންނާން ނުޖެހޭ ގޮތަށް ބިމު އަޑީގައި ގާއިމްކޮށްފައި ހުރި ނިޒާމުތައް ވެސް އަލުން ބަދަލުކޮށްގެން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.