ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މާލެ އަތޮޅުން ފެށިގެން އދއާ ހަމައަށް އޮރެންޖު އެލާޓު

އެ އިދާރާއިން ލަފާކުރާ ގޮތުގައި އެވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި އެ އަތޮޅުތަކަށް އުދައެރުމާއެކު ފެންބޮޑުވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އޮރެންޖު ސަމާލު ނެރެފައިވޭ، ފޮޓޯ: ދަ މިރާ

މިއަދު މާލެ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމުގައި ލަފާކުރެވޭތީ ކ.އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓު ނެރެފައިވަނީ މާލެ ސިޓީއާއި، ކ.އަތޮޅާއި ވ. އަތޮޅާއި އއ އަދި އދ އަތޮޅަށެވެ. އެ އޮރެންޖު އެލާޓު ނެރުނީ މިއަދު މެންދުރުފަހު 14:30 އިން ފެށިގެން އިރުއޮއްސި 18:15 އާ ހަމައަށެވެ. 

އެ އިދާރާއިން ލަފާކުރާ ގޮތުގައި އެވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި އެ އަތޮޅުތަކަށް އުދައެރުމާއެކު ފެންބޮޑުވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެ އެވެ. 

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލި ބަސްތާ ޖެހުމާއި، ފުރާޅު އެއްލާލަފާނެ ކަމަށް ވަލުން އައްސާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އަދި، ހިފާގެންގުޅޭ ސާމާނު ފެން ނުޖެހޭނެ ހިސާބެއްގައޮ ރައްކާކޮށްފައި ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

މާލެ ސަރަހައްދުގައި އުޅޭ މީހުން ބްރިޖުމަތިން ދުއްވާއިރު ވެސް މޫސުމަށް ސަމާލުވާން އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑީގައި ދަތުރު ކުރުމުގައި ސަމާލުވާން ވަނީ އެދިފަ އެވެ.

އެންޑީއެމްއޭ އިން ރޭ ބުނެފައި ވަނީ ވިއްސާރައިގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ބަލަމުންދާ ކަމަށެވެ. ނުވަ ރަށަކުން ފެންބޮޑުވެގެން ރިޕޯޓް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.