ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ކުޑަ އަގު ދައްކަން އިތުރު ފުރުސަތެއް

މި ފުރުސަތު ދޭން ނިންމީ މިހާރު އަމަލުކުރަމުންދާ ގޮތުން ފަސް މިލިއަން ޑޮލަރު ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރަން ލިބޭ ފުރުސަތު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަވާތީ އެވެ.

ރާއްޖޭގެ ރިސޯޓެއް : އިންވެސްޓަރުންނަށް ފަހި ބަދަލެއް ގެންނަން ޓޫރިޒަމުން ވަނީ ހުށަހަޅާފަ

ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ދޭ މުއްދަތު ކުރުކޮށް، ކުޑަ އަގެއް ދައްކައިގެން މުއްދަތު އިތުރު ކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހު ގެނައުމަށް ސަރުކާރުގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު އެވެ. މި އިސްލާހުގައިވާ ގޮތުން ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަ ވެގެންދާނެ އެވެ. 

މި ފުރުސަތު ދޭން ނިންމީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ފަސް މިލިއަން ޑޮލަރު ދައްކައިގެން ރިސޯޓުތައް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރަން ލިބޭ ފުރުސަތު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަވާތީ އެވެ. 

މިހާރު ގާނޫނު އޮތް ގޮތް -- ޓޫރިޒަމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ކ) ގައިވާ ވާ ގޮތުން ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އެ ތަނެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދެވެ އެވެ. 

މި ގޮތަށް ބަދަލު ގެނެވޭނީ އެ މާއްދާގެ (ކ) ގެ އެއް ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތަކީ ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ އެ ފައިސާ އެއް ދައްކާ ހަލާސް ކުރީމަ އެވެ.  

މީގެ އިތުރުން އެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހަށް އަމަލުކުރަން ފެށި ތާރީހު ކަމަށްވާ 27 ޑިސެމްބަރު 2022 އިން ފެށިގެން ފުރަތަމަ ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދެއްކުން ލާޒިމްކޮށްފައިވެ އެވެ. އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާއިރު ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. 

އިސްލާހު ކުރާ ގޮތް -- އިސްލާހު ކުރާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފާއިތުވުމަށް ފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ އެ ފީގެ ގޮތުގައި 10 މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދައްކަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.