މައުމޫންގެ ސުވާލެއް؛ ރާއްޖެ ދިވެހި ކުރުމުގެ ހަރުދަނާ މަސައްކަތެއް ފަށާކަށެއް ނުވޭތޯ

"‏ދިވެހި ރާއްޖެ ދިވެހި ކުރުމުގެ ހަރުދަނާ މަސައްކަތެއް ފަށާ ކަށެއް ނުވޭތޯ،"

އެމްއާރްއެމްގެ ޒައީމް / ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ދިވެހިރާއްޖެ ދިވެހި ކުރުމުގެ ހަރުދަނާ މަސައްކަތެއް ފަށާކަށެއް ނުވޭތޯ އައްސަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކްސް ގައި ޕޯސްޓެއް ކުރައްވައިފި އެވެ.

އެމަނިކުފާނު މިފަދަ ޕޯސްޓެއް ކުރައްވާ މި ސުވާލު އުފެއްދެވީ ކީއްވެ ކަމެއް ސާފުކޮށް ދެއްވާފައެއް ނުވެ އެވެ.

މައުމޫންގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ؛

"‏ދިވެހި ރާއްޖެ ދިވެހި ކުރުމުގެ ހަރުދަނާ މަސައްކަތެއް ފަށާ ކަށެއް ނުވޭތޯ،" ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި ކުރީގެ ރައީސް މައުމޫން ލިޔުއްވާފައިވެ އެވެ.

އެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ ރައީސް އެ ވިދާޅުވާ ވާހަކަފުޅު އިތުރަށް ސާފުކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"މިރާ" އިން ގުޅާލުމުން ރައީސް މައުމޫން ދެންމެ ވިދާޅުވީ އެފަދަ ޕޯސްޓެއް ކުރެއްވީ ދިވެހިވަންތަ ކަން ގެއްލެމުންދާ ކަމަށް އިހުސާސް ކުރެވޭތީ އަލުން އެފަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. ހާއްސަ ބިދޭސީ ގޮތްތައް ދިވެހި މުޖްތަމައުގައި އިތުރުވަމުންދާ ދިއުން ފާހަގަ ކުރެއްވި އެވެ.

ދިވެހި ބަސް ހިމާޔަތްކޮށް ފުރިހަމަ ގޮތުގައި ބަސް ބޭނުން ކުރުމާއި ދިވެހީންގެ ދިވެހި ވަންތަ ސަގާފީ ގޮތްތައް އެގޮތުގައި ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަަށް ވިދާޅުވި އެވެ.

"އެހެން ނުވެއްޖެނަމަ އަޅުގަނޑުމެންގެ ހަގީގީ ރާއްޖެއެއް ނޯންނާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ކޮމެންޓް

1
450
ރާއްޖެ
1 month ago

ހަގީގީ ރާއްޖެއެއް އޮވެގެން ވީކަމެއް ނުވަތަ ވާކަމެއް ކޮބާތަ؟؟؟ ހަމަ ކަލޭމެންކަހަލަ މީހުން މުޅިގައުމުގެ ބައިތުލްމާލާ މުޅި ގައުމުގެ ބިމުގެ ފައިދާވެސް އަބަދުވެސްނަގަމުންދަނީ!!! ނިކަމެއްޗަކަށް ބޯހިޔާވައްސެއްވެސް ކުޑަމިނުން ނުލިބޭ ގައުމެއް ހަގީގީ ރާއްޖެއެއް ގޮތުގަ ބާއްވަންޖެހޭ ސަބަބެއް ނެތް!!! އަދިވެސް ބޮޑަށް ބަދަލުކުރަންވީ!!!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.