ކުރިއަށް އޮތް ފަސް ދުވަހު ވެސް މޫސުން ގޯސް، އުދަވެސް އަރާފާނެ

"އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ، އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ،" މެޓުން ބުންޏެވެ.

ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ ގަދަ ވިއްސާރައެއް ކުރަމުން ދަނީ: ކުރިއަށް އޮތް 5 ދުވަހު ވެސް މޫސުން ގޯސް --

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް ދުވަހު އާންމު ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގައި ގަނޑިއަކު 17 މޭލާއި 27 މޭލާ ދެމެދު އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ހިސާބަކަށް ކަމަށް ބުނެފައިވެ އެވެ. އެހެންވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާންމުކޮށް ކަނޑު ގަދަ ވާނެ އެވެ.

އަދި، ވިލާގަނޑުގައި ގަނޑިއަކު 60 މޭލަށް ވައިޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

"އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ، އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ،" މެޓުން ބުންޏެވެ.

ހުރިހާ އެންމެން މޫސުމަށް ސަމާލުވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލި ބަސްތާ ޖެހުމާއި، ފުރާޅު އެއްލާލަފާނެ ކަމަށް ވަލުން އައްސާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އަދި، ހިފާގެންގުޅޭ ސާމާނު ފެން ނުޖެހޭނެ ހިސާބެއްގައޮ ރައްކާކޮށްފައި ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

މާލެ ސަރަހައްދުގައި އުޅޭ މީހުން ބްރިޖުމަތިން ދުއްވާއިރު ވެސް މޫސުމަށް ސަމާލުވާން އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑީގައި ދަތުރު ކުރުމުގައި ސަމާލުވާން ވަނީ އެދިފަ އެވެ.

އެންޑީއެމްއޭ އިން ރޭ ބުނެފައި ވަނީ ވިއްސާރައިގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ބަލަމުންދާ ކަމަށެވެ. ނުވަ ރަށަކުން ފެންބޮޑުވެގެން ރިޕޯޓް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.