ކެލަޔަށް 24 ގަޑިއިރު ތެރޭ ރެކޯޑެއް، 231 މިލިލީޓަރުގެ ވާރޭ

ކެލަޔަށް 231.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ރަށެއްގައި ފެންބޮޑުވެފައި --

ހއ. ކެލާއަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 231.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މިހާތަނަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކެލަޔަށް ކަމަށެވެ.

ކެލަޔަށް 231.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް މެޓް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ވިލާގަނޑުގައި އެންމެ ވައި ގަދަވެފައިވާކަމަށް ރެކޯޑު ކުރެވިފައި ވަނީ ވެސް އިއްޔެ އެވެ. އެއީ ގަޑިއަކު 46 މޭލަށް ފ. ނިލަންދޫ އޮޓޮމެޓިކް ވެދާ ސްޓޭޝަނުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހދ. ހަނިމާދޫއަށް 177.5 މިލިލީޓަރަށް، ރ. އިފުރަށް 102 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

މިހާރު ކުރަމުން މި ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަކޮށްފައި ވަނީ އުތުރުގެ ރަށްރަށަށެވެ. އިއްޔެ ވަނީ އެ ހިސާމަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ ރަށްރަށުގައި އެމްއެންޑީއެފް އިން ދަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.