ޑޮލަރުގެ އާމްދަނީ މިދިޔަ މަހު ދަށް، މުޅި އަހަރަށް ބަލާނަމަ އިތުރު

މިދިޔަ ޖުލައި މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނީ 75 މިލިއަން ޑޮލަރެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު ހުރީ 100 މިލިއަން ޑޮލަރުގަ އެވެ.

މާފުށި ؛ ޑޮލަރުގެ ލިބޭ އާމްދަނީގެ ބޮޑު ބައި ހިއްސާ ކުރަނީ ޓޫރިޒަމް -- މުހައްމަދު އަފްރާހު | މިރާ

މިދިޔަ ޖުލައި މަހު ޑޮލަރުން ލިބުނު އާމްދަނި ދަށްވި ނަމަވެސް މުޅި އަހަރަށް ބަލާއިރު ޑޮލަރުގެ އާމްދަނީ އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ޖުލައި މަހުގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު 636 މިލިއަން ޑޮލަރު ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ޑޮލަރުގެ އާމްދަނީ ހުރީ 593 މިލިއަން ޑޮލަރެވެ. އަދި ޖުލައި މަސް ވަކިން ބަލާނަމަ މިދިޔަ ޖުލައި މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 75 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު މި އަދަދު ހުރީ 100 މިލިއަން ޑޮލަރުގަ އެވެ. 

ޑޮލަރުގެ އާމްދަނީގެ ގޮތުގައި ޓެކުހަށް 520 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން 116 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.  

ޑޮލަރުގެ އާމްދަނީ އިތުރުވި ބައިތައް

  • ޓީޖީއެސްޓީ - 389 މިލިއަން ޑޮލަރު
  • އިންކަމް ޓެކްސް - 46 މިލިއަން ޑޮލަރު
  • ޑިޕާޗާ ޓެކްސް - 42 މިލިއަން ޑޮލަރު
  • ގްރީން ޓެކްސް - 41 މިލިއަން ޑޮލަރު
  • އެއާޕޯޓް ޑިވްލޮޕްމަންޓް ފީ - 43 މިލިއަން ޑޮލަރު
  • ޓޫރިޒަމް ލޭންޑް ރެންޓް - 66 މިލިއަން ޑޮލަރު

ޑޮލަރުގެ އާމްދަނީން އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 389 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އަދި އިންކަމް ޓެކުހުގެ ގޮތުގައި 46 މިލިއަން ޑޮލަރު މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު އަދަދު ހުރީ 66 މިލިއަން ޑޮލަރުގަ އެވެ. 

ރާއްޖެ އަށް މައިގަނޑު ގޮތެއްގައި ޑޮލަރުން އާމްދަނީ ލިބެނީ ޓޫރިޒަމުންނެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް 1,254,646 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1,136,289 މިލިއަން މީހުންނާ އަޅާ ބަލާނަމަ 10 ޕަސެންޓުގެ އިތުރުވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.