ރާއްޖެއަށް ކުރަމުންދާ ވިއްސާރަ؛ ނުވަ ރަށެއްގައި ފެންބޮޑުވެއްޖެ

މެޓުން މިހާރު ވެސް ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ލެޔޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު އެކަކާ ހަމައަށެވެ.

ރަށެއްގައި ފެންބޮޑުވެފައި

މިހާރު ކުރަމުން މިދާ ވިއްސާރާ ގައި ނުވަ ރަށެއްގައި ފެންބޮޑުވެ އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ -- އެންޑީއެމްއޭ އިން ބުނެފި އެވެ.

އިއްޔެ އިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ދަނީ ވާރޭވެހެމުންނެވެ.

އެންޑީއެމްއޭ އިން ބުނީ މިހާރު ކުރަމުންމިދާ ވިއްސާރާ ގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ދަނީ ބަލަމުން ކަމަށެވެ. ހަވީރު ހަޔަކާ ހަމަޔަށް ނުވަ ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އަދި ބުނީ އެއްވެސް އާއިލާއެއް ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ.

ރަށެއްގައި ފެންބޮޑުވެފައި

ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ރަށްރަށަކީ ސ. މަރަދު އާއި ސ. ފޭދޫ އާއި ސ. ހިތަދޫ އާއި ގއ. ދެއްވަދޫ އާއި ޅ. ނައިފަރާއި ޅ. ކުރެންދޫ އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ހއ. ބާރަށާއި ހއ. ދިއްދޫ އިންނެވެ.

މެޓުން މިހާރު ވެސް ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ލެޔޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު އެކަކާ ހަމައަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.