ރައީސްގެ ހާއްސަ ސިޓީފުޅެއް ބަހުރެއިންގެ ރަސްގެފާނަށް

މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަހްރޭނުގެ ރަސްގެފާނު، ހަމަދް ބިން އިސާ އަލް ހާލީދަށް ފޮނުއްވެވި ސިޓީފުޅެއް އެމަނިކުފާނަށް ވަނީ އަރުވާފަ އެވެ.

މިނިސްޓަރު ޒަމީރު، ބަހްރޭނުގެ ވަލީއަހުދު އަދި ބޮޑު ވަޒީރާއި ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަހްރޭނުގެ ރަސްގެފާނު، ހަމަދް ބިން އިސާ އަލް ހާލީދަށް ފޮނުއްވެވި ސިޓީފުޅެއް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހްރޭނުގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، ސަލްމާން ބިން ހަމަދު އަލް ޚަލީފަށް އަރުވައިފި އެވެ.

މިނިސްޓަރު ޒަމީރު ރޭ ވަނީ ބަހުރޭނަށް ވަޑައިގެންފަ އެވެ. މިއީ ފޮރިން މިނިސްޓަރު ޑރ. އަބްދުލްއާތިފު ބިން ރާޝިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޒަމީރު، ބަހްރޭނުގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަހްރޭނުގެ ރަސްގެފާނު، ހަމަދް ބިން އިސާ އަލް ހާލީދަށް ފޮނުއްވެވި ސިޓީފުޅެއް އެމަނިކުފާނަށް ވަނީ އަރުވާފަ އެވެ.

މި ދަތުރުފުޅުގައި ރާއްޖެ-ބަހުރޭންގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ދެ މަޝްވަރާ ކުރައްވާނެ އެވެ. މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅި މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެ އެވެ.

ރާއްޖެ-ބަހުރޭން ސިޔާސީ ގުޅުން ގާއިމު ކުރިތާ މި އަހަރަށް 44 އަހަރު ފުރޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.