މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ފެންބޮޑުވާނެތީ ސަމާލުވާން އެދިފައިވެ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނީ ހއ އަތޮޅުން ފެށިގެން ށ އަތޮޅަށް އޮރެންޖް އިންޒާރު ނެރެފައިވާ ކަމަށެވެ. މި އިންޒާރު ނެރެފައި ވަނީ މިރޭ 7:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ފެންބޮޑުވާނެތީ ސަމާލުވާން އެދިފައިވެ އެވެ.
ރާއްޖޭގެ މޫސުން އިއްޔެ އިން ފެށިގެން ވަނީ ގޯސްވެފަ އެވެ. މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ.