މަސްވެރިންގެ ފައިސާ | ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި، ބާކީ 2.4 މިލިއަން

ނިމުނު އަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 44،817 މެޓްރިކް ޓަނުގެ މަސް ކިރފުވާފައިވާއިރު އެ މަހަށް ޖުމްލަ އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ.

މަސް އައިނަކަށް އަރައި ދޯންޏަކުން މަސް ބާނަނީ: މިފްކޯއަށް މަސް ގަންނަ އަގު މިހާރު ވަނީ ކުޑަކޮށްފައި - އޮލިވަރެޑް ޕްރޮޖެޓުގެ ފޮޓޯއެއް

މަސްވެރިން އަތުން މަސްކިރުވުމަށްފަހު ދައުލަތުގެ މަސް ކުންފުނި މިފްކޯއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ އޮޑިވެރިންނަށް މިހާތަނަށް ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ. 

މިފްކޯއިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަށެއް އޯގަސްޓާ ދެމެދު އެ ކުންފުންޏަށް ކިރުވާފައިވަނީ 266 މެޓްރިކްޓަނުގެ މަހެވެ. އެ މަހުގެ އަގުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ އެ ކުންފުނިން ދޫކުރި އެވެ. 

އެ މުއްދަތުގައި ދޫކުރި ފައިސާގެ ތެރެއިން 1.8 މިލިއަން ރުފިޔާއަކީ އެ ކުންފުނިން މަސްވެރިންނަށް ކްރެޑިޓަށް ދޫކުރި ގަނޑުފެނާއި ތެލުގެ އަގަށްވާ ފައިސާ އެވެ. އެ ފައިސާ އުނިކުރުމަށްފަހު ނަގުދު ފައިސާގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެ ކުންފުނިން ދޫކޮށްފައިވެ އެވެ. 

ނިމުނު އަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 44،817 މެޓްރިކް ޓަނުގެ މަސް ކިރފުވާފައިވާއިރު އެ މަހަށް ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ. 

މިފްކޯއިން ބުނި ގޮތުގައި އެންމެ ފަހުން ފައިސާ ދޫކުރި ތާރީހުކަމަށްވާ 8 އޯގަސްޓުން ފެށިގެން 10 އޯގަސްޓާ ދެމެދު އެ ކުންފުނިން މަސްވެރިންނަށް ދޭންޖެހިފައި ހުރީ 2.4 މިލިއަން ރުފިޔާ އެވެ. އެ ކުންފުނިން ބުނެފައިވަނީ މަހުގެ އަގަށް ގެނައި ބަދަލަށްފަހު ކޮންމެ ދެ ހަފުތާއަކުން ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.