ފެނަކައިން ވައްކަން އޭސީސީ އިން ސޯލިހު ސަމާލުކަމަށް ގެނައި، އެކަމަކު ފިޔަވަޅެއް ނޭޅި

ނައިބް ރައީސް ނާޒިމް ވަނީ ފެނަކަ 4 ބިލިއަން ރުފިޔާއިން ދަރާފައިވަނީ އޭރުގެ ރައީސް ސޯލިހަށް އޭސީސީިއިން ދިން ލަފަޔާއެކު ފިޔަވަޅު ނޭޅުމުންކަން ރިޕޯޓުން އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް: ގަވަރުނަރުގެ ޒިންމާ އަދާ ނުކުރައްވާ ކަމުގެ ތުހުމަތު ވަނީ ކުރައްވާފައި --

ފެނަކަ އިން ވައްކަން ކުރަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެނގިނަމަވެސް ފިޔަވަޅު އަޅާފައި ނެތް ކަމަށް މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ތުހުމަތު ކުރައްވައިފި އެވެ.

ފެނަކަ އިން ވައްކަމަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަން ތަހުގީގުކޮށް އޭރުގެ ސަރުކާރަށް ހުށަހެޅު ރިޕޯޓްތަކާ ބެހޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ނާޒިމް ވިދާޅުވި ގޮތުގައި ފެނަކަ 4 ބިލިއަން ރުފިޔާ އިން ދަަރައިގެން ގޮސްފައިވަނީ މިކަން ހުއްޓުވަން ސަރުކާރަށް ދިން ލަފަޔަަށް އަމަލު ނުކުރެވުން ކަމަށް ތުހުމަތުކޮށްފަ އެވެ.

"މި ސިޓީން އެނގޭ އޭސީސީ އިން އޭރުގެ ރައީސްގެ ސަމާލުކަމަށް ރިކޮމެންޑް ކުރިކަން. ފެނަކައިގެ ކޮރަޕްޝަންގެ ސަމާލު ކަމަށް އެކަން ގެނައިކަން. އެންމެ ރިޕޯޓެއް ނޫން ފަސް ރިޕޯޓް،" ނާޒިމް ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުން އެކަމާ ދެކޮޅު

ނަމަވެސް، މި ރިޕޯޓާ ބެހޭގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ އެ ރިޕޯޓުގައި ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި މައްސަތައް ބޮއްސުންލައިގެން ދަނީ އޭސީސީ އިން ކަމެއް ނުކުރެވޭތީ ކަމަށާ މިހާރު ވެސް އޭސީސީގެ މެންބަރުން ވަކި ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބް ރައީސް ނާޒިމް ވިދާޅުވި ގޮތުގައި އޭސީސީ އިން ފޮނުވާ މައްސަލަތަކުގައި ޝާމިލްވާ މުވައްޒަފުން މަގާމުގައި ނުތިބެވޭނެ ގޮތަކަށް ކުންފުނިތަކުގެ ހިއުމަން ރިސޯސް ޕޮލިސީ ބަދަލު ކުރަން ޖެހެ އެވެ. އެގޮތަށް އެސްއޯއީތަކުގެ ޕްރޮކިއުމަންޓް ޕޮލިސީތައް ބަދަލު ކުރަން އަންގަން ސަރުކާރަށް ލަފާދޭން ވަނީ ނިންމާފަ އެވެ.

"މިހާރު ވެސް ފެނަކައިގެ އެބައޮތް ހަތް މިލިއަން ޑޮލަރުގެ ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލައެއް. އެކަމަކު އެ މައްސަލަގައި ވެސް އެމްޑީ އެކަނި ހަމައެކަނި ނެތީ. އެހެން މީހުން އެބަތިބި. އެހެންވެ މިކަންކަން އެބަޖެހޭ ބަދަލުވަން. އެހެންނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ،" ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގައި ބައެއް މެންބަރުން ވަނީ ފެނަކަ މައްސަލާގައި އޭސީސީގެ މެންބަރުން ވަކި ކުރިކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެމްޕީ ގަފޫރު ވިދާޅުވީ އޭސީސީ މެންބަރުން ވަކިކުރީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި މިނޫންވެސް މައްސަލަތައް ނުބެލޭތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.