މަޖިލީހުގެ ނިޒާމު ނަގައިލުމުން ޓޮމް: "އެމްޑީޕީގެ ލަދުގެ ކަންފުޅެއްވެސް ނެތް"

ޓޮމް ވިދާޅުވީ މިއަދު މަޖިލީހުގެ ނިޒާމު ނަންގަވައިލެއްވުމަކީ އެމްޑީޕީގެ މެންބަރުންގެ ލަދުގެ ކަންފުޅެއްވެސް ނެތުމުން ހިންގެވި އަމަލެއް ކަމަށެވެ.

މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ނިޒާމު ނަންގަވައިލެއްވުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން މަސައްކަތްކުރެއްވުމުން އެބޭފުޅުންގެ ލަދު ހަޔާތެއް ނެތްކަމުގައި ވިދާޅުވެ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕަށާއި އެ ޕާޓީގެ ލީޑާޝިޕަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) ފާޑުވިދާޅުވެއްޖެ އެވެ. 

މިއަދުގެ ޖަލްސާގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ.އަލީ ހައިދަރު މުހައްމަދާ ސުވާލުކުރުމުގެ ވަގުތުގައި އެމްޑީޕީގެ ބައެއް މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވައި މަޖިލީހުގެ ނިޒާމު ނަންގަވާލައްވާފަ އެވެ. 

މަޖިލީހުގައި ބިލަކަށް ބަހުސްކުރައްވަމުން އެކަމަށް އިޝާރާތްކުރައްވައި ޓޮމް ވިދާޅުވީ މިއަދު މަޖިލީހުގެ ނިޒާމު ނަންގަވައިލެއްވުމަކީ އެމްޑީޕީގެ މެންބަރުންގެ ލަދުގެ ކަންފުޅެއްވެސް ނެތުމުން ހިންގެވި އަމަލެއް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ގޯތި ދޫކުރި ގޮތަށް ފާޑުވިދާޅުވެ ޓޮމް ފާހަގަކުރެއްވި ގޮތުގައި ގޯތި ދޫކުރީ ކަނޑުންނެވެ. 

"އަޅުގަނޑުމެންގެ ހައުސިން މިނިސްޓަރު މިތަނަށް ހާޒިރުކޮށް ސުވާލުކުރުމުގެ ތެރޭގައި މަޖިލީހުގެ ނިޒާމު ނަގައިލި ކަންތަކުގައި އަޅުގަނޑަށް ފާހަގަވަނީ އެމްޑީޕީ މަޖިލިސް މެންބަރުންގެ ލަދުގެ ކަންފުޅެއްވެސް ނެތްކަން.،" ތާރިގު ވިދާޅުވި އެވެ. 

"މިދިޔަ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައި އަޅުގަނޑުމެން ސާފުކޮށް ރައްޔިތުންނަށް ކިޔައިދެމުންދިޔައީ އެމްޑީޕީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރޭގައާއި ރިޔާސީ އިންތިހާބަށް މަހަކަށްވުމުން ގޯތިތަކެއް ދޫކުރީ ކަނޑުން. އޭގެ ބައެއް ގޯތިތައް މިދަޔަ ގަދައިގެ ތެރޭގައި ހިނގައްޖެ އޮޔާ،" ޓޮމް ވިދާޅުވި އެވެ. 

އިތުރަށް ޓޮމް ވިދާޅުވީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ރިޔާސީ އިންތިހާބާ ދިމާކޮށް 18،000 މީހުންނަށް ގޯތި ދޫކުރެއްވިކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް މާލެ ސަރަހައްދުން ލިބިވަޑައިގަތީ 13،000 ވޯޓު ކަމަށާއި، އެއީ ގޯތި ލިބުނު ފަރާތްތަކުންވެސް ގޯތި ލިބުނީ އިންސާފުންކަމަށް ގަބޫލުނުކުރާތީ ކަމުގައި އޭނާ ވިދާޅުވި އެވެ. 

ތާރިގު އިތުރަށް ވިދާޅުވީ ހުޅުމާލޭގެ މަސްޓާ ޕްލޭނާ ހިލާފަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ނަމުގައި ކުރީ ސަރުކާރުން ހިއްކަމުންދަނީ އެ ރަށުގެ ފަޅު ކަމަށެވެ. އަދި އެތަން ހިއްކުމުން ހުޅުމާލެއިން ފުރައި ގާތްކޮށް އުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. 

"ހުޅުމާލޭގެ ތިންވަނަ ފިޔަވައްސޭ ކިޔާފައި ހުޅުމާލޭގެ ބަނދަރު ހިއްކައިލުމުން، ހުޅުމާލޭގައި އޮޑިފަހަރު އަޅާނީ ކޮންތާކު ތޯ،" ޓޮމް ސުވާލުކުރެއްވި އެވެ. 

ހުޅުމާލެއަކީ ރަނގަޅު މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އައި ތަނެއްކަން ފާހަގަކުރައްވަމުން ތާރިގު ވިދާޅުވީ މާސްޓަޕްލޭނާ ހިލާފަށް ހުޅުމާލެއަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެޗްޑީސީގައި ތިބި ރަނގަޅު ތަޖުރިބާކާރު ގިނަ ބަޔަކު އެ ކުންފުނި ދޫކޮށް ހިނގައްޖެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.