މުޅި ރާއްޖެއަށް ވައިޓް އެލާޓް، އުތުރަށް ޔެލޯ އެލާޓް

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި ވަނިކޮށް އުތުރުގެ އަތޮޅުތަކަށް މެޓް އޮފީހުން މިހާރު ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

މޫސުން ގޯސް ދުވަހެއް: މިއަދު ވެސް މޫސުން ގޯސް -- ދަ މިރާ

މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި ވަނިކޮށް އުތުރުގެ އަތޮޅުތަކަށް މެޓް އޮފީހުން މިހާރު ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

މެޓުން ނެރުނު ވައިޓް އެލާޓުގައި ބުނެފައި ވަނީ މިއަދުގެ 3:00 އަށް ހަމައަށް މުޅި ރާއްޖެއަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މެޓުން މިހާރު ވަނީ އުތުރުގެ ހަތް އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ހދ، ހއ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. މިއަދުގެ 3:00 އާ ހަމައަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައި ވަނީ، އެ ހިސާބަށް ވިލާގަނޑުގައި ގަނޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރު މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެންނެވެ. އެެހެންވެ ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އިއްޔެ އާއި އޭގެ އަނެއް ދުވަހު ވެސް ވަނީ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވިއްސާރަ ކޮށްފަ އެވެ. ކަމާ ބެހޭ އިދާރާތަކުން ދަނީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެއްގަމު ދަތުރުކުރާ މީހުން ވެސް، ވައިގަދަ ވެގެން ހިނގާފާނެ ހާދިސާއަކަށް ސަމާލުކަން ދިނުން މުހިންމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.