ވިދާޅުވީ ދިވެހި ރައްޔިތުންގެ މިނިވަންކަމާ ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު އިސްކޮށް އެކި ގައުމުތަކާ ގުޅުން ބޭއްވުން ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ހާރިޖީވަޒީރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިއަދު ވަނީ އައްޑޫ ސިޓީއަށް ވަޑަައިގެންފަ އެވެ. އެއާޕޯޓުން ޖައިޝަންކަރަށް މަރުހަބާ ވިދާޅުވެ ސަލާމް ކުރައްވާފައިވާ ފޮޓޯއަކާ އެކު އަޒާން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ވިދާޅުވީ ދިވެހި ރައްޔިތުންގެ މިނިވަންކަމާ ސިޔާދަތީ ރަތް ރޮނގަށް ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް މި ސަރުކާރުން ނުދޭނެ ކަމަށެވެ. ވިދާޅުވީ ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު އިސްކޮށް އެކި ގައުމުތަކާ ގުޅުން ބޭއްވުން ކަމަށެވެ.
އަޒާން މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ އިންޑިއާއާ ގުޅޭގޮތުން މީގެ ކުރީން އޭނާ ވާހަކަދައްކަވާފައިވާ ވާހަކަތައް ހަނދާންކޮށްދީ އިދިކޮޅުގެ ސަޕޯޓަރުން އެކްސްގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައި ވަނިކޮށެވެ. ރައީސް ސޯލިހްގެ ސަރުކާރުން އިންޑިއާއާ ބޭއްވި ގުޅުމާމެދު ސުވާލު އުފައްދާ ނޫސްވެރިއަކަށް ހުންނަވާ އަޒާން ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. ރާއްޖޭގައި އިންޑިއާ ސިފައިންގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށާ އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ވަރަށް ބޮޑަށް އޮތް ކަމަށް ތުހުމަތު ކުރައްވާ އެކި ވާހަކަތައް ދެއްކެވި އެވެ.
އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ ހަގީގަތާއި ދުރު ވާހަކަތަކެވެ.