ވީޑިއޯގައި ފެންނަނީ ހައިވޭގައި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް ދެ މީހަކު ހިނގާފައިދާތަނެވެ. އެ މީހުން ތިބެނީ ހެލްމެޓް އަޅާފަ އެވެ.
އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކު ހޯދާކަން ހާމަކޮށް އެ މީހުން ފެންނަ ވީޑިއޯ އެއް ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ ދެ މީހުން ކަމަށެވެ. މެއި 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ އެކްސިޑެންޓާއި ގުޅިގެން އެ މީހުން ހޯދަން އިއުލާނު ކުރީ އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ކަމަށް ވެސް ބުންޏެވެ.
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ހެންވޭރު ޕޮލިހަށް ހިއްސާ ކުރުމަށް އެދިފައިވެ އެވެ.
ވީޑިއޯގައި ފެންނަނީ ހައިވޭގައި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް ދެ މީހަކު ހިނގާފައިދާތަނެވެ. އެ މީހުން ތިބެނީ ހެލްމެޓް އަޅާފަ އެވެ.