މާފަރު ޖެޓްޕާކިން އިތުރު ކުރަން އޭޕްރަން ބޮޑު ކުރުން އެމްޓީސީސީއަށް

މި މަޝްރޫއުގެ އަގަކީ 29.85 މިލިއަން ރުފިޔާ އެވެ. ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ.

މަޝްރޫއު ހަވާލުކޮށް އެމްޓީސީސީ ޗީފް ޢަބްދުالله ޒިޔާދު އަދި އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެއްބަސްވުން ބަދަލު ކުރަނީ -- އެމްޓީސީސީ

ނޫނުގައި ހިންގާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ) ގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު އައިލެންޑް އޭވިއޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޢަބްދުالله ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މި މަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު އެއާޕޯޓްގެ ހިދުމަތް އިތުރަށް ޒަމާނިވެ ފުރިހަމަވެގެންދާނެ އެވެ. އަދ، އެމްޓީސީސީ އިން ކުރިއަށްގެންދާ މާފަރު އެކްސްޕޭންޝަން މަޝްރޫއު ނިމިގެން ދިޔުމުން މި އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ އެވެ. ހަމައެހެންމެ ޕްރައިވެޓް ޖެޓްތައް ޕާކް ކުރާނޭ އިތުރު ޖާގަ ލިބުމާއެކު ޕްރައިވެޓް ޖެޓްތައް މާފަރު އެއާޕޯޓްގައި ޖައްސާ އަދަދު ވެސް ގިނަވެގެން ދާނެ އެވެ. އަދި ޓޫރިސްޓުން މި ސަރަހައްދަށް އަންނަ އަދަދު މަތިވެ އެއާޕޯޓަށް ޖެޓް ޕާކިން އިން ލިބޭ އާމްދަނީ ބޮޑުވެގެންދާނެ އެވެ.

ކުރާނެ މަސައްކަތް -- މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއ،ި 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ، ސަބްބޭސް ތައްޔާރުކޮށް ވެއަރިންގް ކޯސްއެއް އެޅުމާއި 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުނ،ް އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއުގެ އަގަކީ 29.85 މިލިއަން ރުފިޔާ އެވެ. ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ.

އާބާދީގައި 1,250 މީހުންގެ އާބާދީއެއް އޮންނަ މާފަރު ރައްޔިތުން އާއްމުގޮތެއްގައި އާމްދަނީ ހޯދަން ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން މާފަރު އެއާޕޯރޓްގައި ވެސް ގިނަ އަދަދެއްގެ ރަށު ރައްޔިތުން
އަންނަނީ ވަޒީފާ އަދާ ކުރަމުންނެވެ.

މާފަރު އެއާޕޯޓް - އެމްއައިއޭ ޑިވެލޮޕް ކުރީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި އެއާޕޯޓް ތަރައްގީ ކުރީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ. އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާ އެކުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.