ހައުސިން މަޝްރޫއުތަކުގައި ކައުންސިލްގެ ދައުރު ހިމަނާނެ ކަމުގެ ޔަގީންކަން ދެއްވައިފި

ކުރިއަށް ހުރި މަޝްރޫއުތަކުގެ ދަށުން ފްލެޓް ދޫކުރާއިރު ރައްޔިތުންގެ ހާލަތު ސީދާ ކައުންސިލުން ބެލުމަކީ އެދޭ ކަމެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކުގެ ދަށުން މާލެ ސަރަހައްދުގައި އަޅާ ފްލެޓް ދޫކުރާއިރު މާލެ ސިޓީ ކައުންސިލްގެ ދައުރު އެކަމުގައި ހިމަނައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މިއަދު ވަނީ މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ލިސްޓުގައި ހިމެނޭ ފްލެޓް ހައްގު މީހުންނަށް އަވަހަށް އެ ފްލެޓްތައް ދޫކުރުމަށް އެދިވަޑައިގަތެވެ.

އާޒިމް ވިދާޅުވީ މައްސަލަ ޖެހިފައިވާ މީހުންނާ ވަކިން ބައްދަލުކޮށް އެކަން ރަގަޅަށް ބަލާފައި ނޫނީ އެމީހުން ލިސްޓުން އުނި ނުކުރުމަށް ކައުންސިލުން ވެސް ނިންމާފައިވާ ކަމަށެވެ. ހުރިހާ ކަމެއް ވެސް ވަރަށް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގަތެވެ.

އެ މައްސަލައިގައި ވާހަކަދައްކަވަމުން ބައެއް ކައުންސިލަރުން ވަނީ އެކަމުގައި ކައުންސިލްގެ ދައުރު ހިމަނުއްވަން ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ކައުންސިލަރުންގެ ވާހަކަތައް އެއްސެވުމަށްފަހު ރައީސް ދެއްވި ޔަގީންކަމަކީ، 4000 ފްލެޓް މައްސަލައިގައި ވެސް އަދި ކުރިއަށްހުރި ހައުސިން މަޝްރޫއުތަކުގައި ވެސް ކައުންސިލްގެ ދައުރު ހިމަނުއްވާނެ ކަމަށެވެ. ކުރިއަށް ހުރި މަޝްރޫއުތަކުގެ ދަށުން ފްލެޓް ދޫކުރާއިރު ރައްޔިތުންގެ ހާލަތު ސީދާ ކައުންސިލުން ބެލުމަކީ އެދޭ ކަމެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް އެ ދައުރުގެ ތެރޭގަ ވަރަށް މުހިންމު ކޮމްޕޮނެންޓެއް އެއީ ރައްޔިތުން އުޅެމުންދާ ގޮތް އިތުބާރު ހުރި ގޮތެއްގަ ސާފުކޮށްދޭ ބައެއްގެ ގޮތުގަ ކައުންސިލަރުންވުން. މި ދަންނަވަނީ މިސާލަކަށް ގޭގެއަށްދާ ޒިޔާރަތުގަ އެންމެ ހާލުގަ އުޅޭ މީހުން ފާހަގަކުރުމުގެ މަރުހަލާއަކީ ކައުންސިލާސް އެކްޓިވްލީ ބައިވެރިވާ މަރުހަލާއަކަށް ވެއްޖިއްޔާ ޑިމޮކްރެޓިކަލީ އެ އަންނަނީ ޓްރާންޕޭރެންސީއަށް ބަލާއިރުގަވެސް އަދި ޖަވާބުދާރީވާން އަޅުގަނޑުމެން އެންމެންނަށް ވެސް ފަސޭހަ ނިޒާމެއްގެ ތެރެއިންނޭ،" ރައީސް ވިދާޅުވި އެވެ.

ކައުންސިލުން ފާހަގަކުރި 4000 ފްލެޓް މައްސަލައިގައި ކައުންސިލުން ކޮމެޓީއެއް ނަގައިގެން ކުރިއަށް ގެންދަން ސަރުކާރުން މިހާރު އަންގާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.  

"އެ އިއުލާނުކޮށްފަ އޮތް ޕްރޮސެސްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށް އެ 4000 ފްލެޓް ހަމަޖެހިގެން ދިއުން އެއީ އެކަން ވާންޖެހޭނެ ގޮތް ވީމަ، މާލޭގެ ރައްޔިތުންގެ ފަރާތުން ތިއްބަވާ ކައުންސިލަރުންނަށް އެކަން ހިނގަމުންދާ ގޮތް އެނގުމަކީ ހަމަ އެންމެ ފުރިހަމައަށް އެކަން ވާން ޖެހޭނެ ގޮތް،" ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ފެލްޓާއި ގޯތި ދޫކުރުމުގެ ކަންކަން ކުރަނީ ހައުސިން މިނިސްޓްރީންނެވެ. އެކަމުގައި ކައުންސިލްގެ އެއްވެސް ބާރެއް ނޯވެ އެވެ. 

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ 20 އަހަރުގެ ޕްލޭނެއް ހަދާފަ އެވެ. މި ޕްލޭންގެ ދަށުން ރަސްމާލޭގެ ނަމުގައި ވަރަށް ބޮޑު މަޝްރޫއެއް ހިންގަން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.