އޭއޭއޭ އަތުން ބަދަލު ހޯދަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އެހެންކަމުން ދައުވާގައި ބަދަލުކުރަން ޖެހޭ ކަންކަން ހުރުމުން ގާޒީ ނިންމެވީ މިހާރު ހުށަހަޅާފައިވާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ދައުވާ ބަދަލުކުރުމަށްފަހު އަލުން ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ގާޒީ ވަނީ ހުކުމުގައި ފާހަގަކުރައްވާފައެވެ.

އައްޑޫ ފްލައިން ސްކޫލް --

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފްލައިން ސްކޫލު ހިންގި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)ގެ އަތުން ބޮޑު ބަދަލެއް ނެގުމަށް އެތަނުގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކެއް 2021 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ފްލައިން ސްކޫލުގައި ކިޔަވަމުން ދިޔަ 48 ދަރިވަރުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، ދަރިވަރުން އަތުން ފީ ނެގުމަށްފަހު އެތަނުގައި ކިޔެވުން ކުރިއަށް ގެންގޮސްފައި ނުވާތީ ކުރިމަތިވި ހަމަނުޖެހުންތަަކަށް ފަހު އެވެ. 

ކޯޓަށް ހުށަހެޅި ދައުވާގައި މައިގަނޑު ގޮތެއްގައި ދަރިވަރުންގެ ފަރާތުން އެދިފައި ވަނީ އެމީހުންނާއެކު އޭއޭއޭ އިން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށްކަން ކަނޑައަޅައި ދިނުމަށެވެ. އަދި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ދަރިވަރުންނަށް ދިނުމަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

ނަމަވެސް އޭއޭއޭގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭގެ ތެރެއިން ހަތް ދަރިވަރަކާއެކު ކޯޓުން ބޭރުން ސެޓްލްމެންޓް އެގްރިމެންޓެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން އެ ދަރިވަރުން މި ދައުވާގައި ނުހިމެނޭނެ ކަމަށާއި، އިޖުރާއީ ގޮތުން މި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ދަރިވަރުންގެ ފަރާތުން ރައްދުގައި ބުނެފައި ވަނީ ސެޓްލްމެންޓް އެގްރިމެންޓް ހެދި ދަރިވަރުން ބަދަލުގެ ގޮތުގައި އެދިފައިވާ މިންވަރު ދައުވާ ފޯމުން އެނގެން އޮންނާނެ ކަމަށެވެ. އަދި، މިހާ ހިސާބަށް މައްސަލަ އައުމުން ދައުވާ ބޭރުކޮށްލައިފިނަމަ މި މައްސަލައިގައި ހިމެނޭ އެހެން ދަރިވަރުންނަށް ބޭއިންސާފަކަށް ވާނެ ކަމަށެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ގާޒީ ސިނާން އަލީ ކުރެއްވި ހުކުމުގައި ބަޔާންކުރައްވާފައި ވަނީ، ސެޓްލްމެންޓް އެގްރިމެންޓް ހަދާފައިވާ ދަރިވަރުން ދައުވާގައި ނުހިމެނޭނެކަން އޭއޭއޭގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ދަރިވަރުންގެ ފަރާތުން ވެސް އެކަމަށް އިއުތިރާޒްކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ދައުވާގައި ބަދަލުކުރަން ޖެހޭ ކަންކަން ހުރުމުން ގާޒީ ނިންމެވީ މިހާރު ހުށަހަޅާފައިވާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ދައުވާ ބަދަލުކުރުމަށްފަހު އަލުން ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ގާޒީ ވަނީ ހުކުމުގައި ފާހަގަކުރައްވާފަ އެވެ.

އޭއޭއޭ އިން ފްލައިން ސްކޫލް ހިންގިއިރު އެތަނުގައި ތިބި 175 ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފައިވެ އެވެ. ދަރިވަރުން އަތުން ފައިސާ ނެގުމަށްފަހު އެތަނުގައި ކިޔަވައިދީފައެއް ނުވެ އެވެ. އެންމެފަހުން ސަރުކާރުން ވެސް ވަނީ އެ ދަރިވަރުން ކިޔެވުން ފުރިހަމަ ކުރަން ލޯނު ވެސް ދޫކޮށްފަ އެވެ. މިހާރު އެތަން ހިންގަނީ އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.