"އިޒުރޭލު ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖްތަމައު މަސައްކަތް ކުރަންޖެހޭ"

ރައީސް ވިދާޅުވީ އެއީ އިންސާނީ ހައްގުތަކުގެ ގާނޫނާއި ހިލާފުވުން ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކޮށް އިސްރާއީލް ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖްތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ކުށްވެރިކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖްތަމައު މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އެ ސްކޫލަށް އިސްރާޢީލުން ހޮނިހިރު ދުވަހު ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފަ އެވެ. 

އިސްރާއީލުގެ މި ހަމަލާ ކުށްވެރި ކުރައްވާ ރައީސް ވިދާޅުވީ އެ ހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ތަހައްމަލު ކުރާ ބިރުވެރި ކަމާއި ހިތްދަތި ކަމުގެ މަންޒަރުތައް ފެނިވަޑައިގަންނަވާކަމަށާއި މިދިއަ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު ހަމަލާ ދިނުން ހުއްޓާލަން  އިސްރާއީލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ އެއީ އިންސާނީ ހައްގުތަކުގެ ގާނޫނާއި ހިލާފުވުން ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކޮށް އިސްރާއީލް ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖްތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.