މިއަދު ރައީސް މާލެ ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ

ރައީސް އޮފީހުން ބުނީ ރައީސްގެ މި ބައްދަލުވުމަކީ ރާއްޖޭގެ އެހެން ކައުންސިލުތަކާ ބައްދަލުކުރައްވައި އެކައުންސިލުތަކުގެ އަޑުއެއްސެވި ފަދައިން މާލެ ސިޓީ ކައުންސިލުގެ އަޑުއެއްސެވުމަށް ރައީސްގެ އިސްނެންގެވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވަން ހަމަޖެހިއްޖެ އެވެ. 

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ގެންދަވަނީ ކައުންސިލުތަކާ ބައްދަލުކުރައްވައި އެ ކައުންސިލުތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި ހައްލުކުރަން ބޭނުންވެފައި ހުރި ކަންކަަން ހައްލުކޮށްދެވޭނެ ގޮތްތައް ސާފުކުރައްވަމުންނެވެ. 

އެގޮތުން މަޖިލިސް އިންތިހާބުގެ ކުރިން އެމަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ޒިޔާރާތުގައި ސިޓީ ކަައުންސިލުތަކާއި ރަށު ކައުންސިލުތަކާ ބައްދަލުކުރެއްވި އެވެ. އަދި ކަައުންސިލުތަކާއެކު މަޝްވަރާތައް ބާއްވަވައި ކައުންސިލުތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. 

އެ ދަތުރުފުޅުގެ ތެރެއިން ކައުންސިލުތަކުގެ އިމާރާތްތައް ބާވެފައިވުމާއި ބައެއް ކައުންސިލުތަކުގެ އިދާރާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރެއްވުމާއެކު ޕީއެސްއައިޕީ ބަޖެޓުގެ ބޭރުން 50 ކަައުންސިލަކަށް އައު އިމާރާތް އަޅައިދިނުމަށް ނިންމަވައި އެކަމަށް ހާއްސަ މަޝްރޫއެއް ފައްޓަވާފައިވެ އެވެ. 

މިއަދު މާލެ ސިޓީ ކައުންސިލާ ރައީސް ބައްދަލުކުރެއްވުމަށް ކައުންސިލަށް ވަޑައިގަަތުމަށް ހަމަޖެހިފައިވަނީ 11:00 ގައެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ބައްދަލުވުމަކީ ރާއްޖޭގެ އެހެން ކައުންސިލުތަކާ ބައްދަލުކުރައްވައި އެކައުންސިލުތަކުގެ އަޑުއައްސަވައި މަޝްވަރާކުރެއްވި ފަދައިން މާލެ ސިޓީ ކައުންސިލުގެ އަޑުއެއްސެވުމަށް ރައީސްގެ އިސްނެންގެވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. 

މީގެ ކުރިން ކައުންސިލުތަކުން ބޭނުންވާ ކަންކަމާއި ކަންބޮޑުވާ ކަަންކަން ސަރުކާރާ ހިއްސާކުރާ ގޮތަކީ ކައުންސިލުތަކުން ދަތުރު ހަދާފައި މާލެއަށް އައިސް އެއިރެއްގައި ހުންނަވާ ރައީސަކާއި ސަރުކާރުގެ ވެރިންނާ ބައްދަލުކުރެއްވުމެވެ. ނަމަވެސް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅަކީ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް އިދާރީ ދާައިރާތަކަށް އެމަނިކުފާނު ވަޑައިތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.