އެމްއެެމްއޭގެ އެމްޑީގެ މަގާމަށް ފަސް ބޭފުޅަކު ހޯދުން؛ އެކަން ހުއްޓާލަން ނާޒިމް ގޮވާލައްވައިފި

"ހަރަދު ކުޑަ ކުރުމަށް ލީޑާޝިޕްގެ ސްޓްރަކްޗާ ހަރުދަނާ ކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އިލްތިމާސް ކުރަން،" ނާޒިމް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި އެވެ.

ނޫސްވެެރީންގެ ބައްްދަލްވުމެއްގައި ނާޒިމް ވާހަކަ ދައްކަވަނީ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަސް މީހަކު ހޯދުމަށް އިއުލާނު ކުރުމުން އެ ނިންމުން ބަދަލު ކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް / މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަސް މީހަކު ހޯދުމަށް އިއުލާނު ކުރީ މި މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ނާޒިމް ވަނީ މިހާރު އޮތް އިގްތިސަދީ ދަތިކަމުގެ ތެރޭގައި އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރުމަކީ ދައުލަތުން އުފުލަންޖެހޭ އިތުރު މާލީީ ބުރައެއް ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"... އެހެންކަމުން ހަރަދު ކުޑަ ކުރުމަށް ލީޑާޝިޕްގެ ސްޓްރަކްޗާ ހަރުދަނާ ކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އިލްތިމާސް ކުރަން،" ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، އާރުސީސީ ވެސް ހިންގަވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

އެމްއެމްއޭ އިން ކުރި އިއުލާނުގައި ވާ ގޮތުން ޖުމްލަ ފަސް ދާއިރާއަަކަށް އެމްޑީން ހޯދަ އެވެ. އެއީ؛

  •  މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
  •  ފައިނޭންޝަލް ސްޓެބިލިޓީ
  •  ބޭންކިން އޮޕަރޭޝަންސް
  •  ކޯޕޮރޭޓް ސާވިސަސް
  •  ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް

މަގާމުގެ މުސާރައާ އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 50،000 - 55،000 ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.