ޖަލަށް ޑްރަގް ވެއްދި އޮފިސަރުންގެ ވަނަވަރު އާންމުކޮށްފި، މައްސަލަ ޕީޖީއަށް

ފުލުހުން މިއަދު ވަނީ އެ މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ. އަދި ބުނީ އެ މީހުންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމާމެދު ގޮތް ނިންމަން ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ވަނަވަރު އާންމުކުރި އޮޮފިސަރުން

މާފުށީ ޖަލުގައި ތިބި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ހޯދައިދީ، ނަހަމަ ގޮތުގައި އެތައް ފައިސާއެއް ހޯދި މައްސަލާގައި ހައްޔަރުކުރި ކަރެކްޝަނުގެ 13 އޮފިސަރުންގެ މައްސަލަ ތަހުގީގު ކޮށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގައި ކަރެކްޝަންގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ. އެ އޮފިސަރުންގެ އެކައުންޓަށް އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެކެއްގެ އެކައުންޓަށް މިދިޔަ އަހަރު 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 18 މީހުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ހަ ލައްކަ ރުފިޔާ ޖަމާވެފައިވެ އެވެ. މި އޮފިސަރުންގެ ތެރެއިން ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އެއިން ވަރަށް ގިނަ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކުދި އަދަދުތަކުންނެވެ. ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެ މައްސަލާގައި 13 އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 11 މީހަކު، ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ.

ފުލުހުން މިއަދު ވަނީ އެ މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ. އަދި ބުނީ އެ މީހުންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމާމެދު ގޮތް ނިންމަން ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.