މާޗް 18، 2019 ގައި ދިވެހި ސަރުކާރާ އެގްޒިމް ބޭންކާ ދެމެދު ސޮއިކުރެވުނު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެގްރިމެންޓްގެ ދަށުން ފެނާ ނަރުދަމާގެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 110 ޑޮލަރު ހޭދަވާނެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. މި މަޝްރޫއުތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. މިކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ފެނާ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފައި ވަނީ އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ފެނާ ނަރުދަމާގެ މަޝްރޫއު ހިންގަމުން ގެންދާ 34 ރަށުގެ ތެރެއިން މިހާރު ނިމިފައިވާ 28 ރަށުގެ މަޝްރޫއުތަކެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ؛
މި މަޝްރޫއުތަކުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވާސް އޯސްމޯސިސް (އާރުއޯ) ޕްލާންޓްތައް ގާއިމުކުރުމާއި، ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުން ހިމެނެ އެވެ. އަދި، ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެ އެވެ.
އަދި، އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް އާރުއޯ ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެ އެވެ.
ނައުދަމާގެ ނިޒާމް ގާއިމް ކުރި ރަށްރަށުގައި ހައުސް ކަނެކްޝަންތައް ގުޅައިދީ، ޕަމްޕް ސްޓޭޝަންތަކާއި ސީއައުޓްފޯލް އަޅައިދީފައިވެ އެވެ.
މި މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ހަތަރު ކުންފުންޏަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެއީ؛
މާޗް 18، 2019 ގައި ދިވެހި ސަރުކާރާ އެގްޒިމް ބޭންކާ ދެމެދު ސޮއިކުރެވުނު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެގްރިމެންޓްގެ ދަށުން ފެނާ ނަރުދަމާގެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 110 ޑޮލަރު ހޭދަވާނެ އެވެ. އެއީ 1.6 ބިލިއަން ރުފިޔާ އެވެ.