އެންމެ ބޮޑު ޕާޓީއަށް ހެދުމަށް ޕީއެންސީން މަސައްކަތް ފަށައިފި

"އަޅުގަނޑުމެންގެ އަމާޒަކީ މީ އެންމެ ބޮޑު ޕާޓީއަށް ހަދައި، އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުން،" ޒީނާޒް ވިދާޅުވި އެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރަން މާލޭގައި ހަރަކާތްތެރިވާ ޓީމު -- ފޮޓޯ: ޕީއެންސީ

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމުގެ އަމާޒުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީިޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ފަށައިފި އެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން މިއަދު ވިދާޅުވީ މި މަސް ފެށުމާއެކު ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ފަށާފައިވާ ކަމަށެވެ.

މި ހަރަކާތްތައް މާލެ، ވިލިމާލޭގެ އިތުރުން 12 ދާއިރާއެއްގައި މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަރަކާތްތަކުގައި، ޕާޓީގެ މެންބަރުން މީހުންނާ ބައްދަލުކޮށް ޕާޓީއަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކުގެ ފޯމު ފުރައިދިނުން ކުރިއަށް ދާނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މީ އެންމެ ބޮޑު ޕާޓީއަށް ހަދައި، އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުން،" ޒީނާޒް ވިދާޅުވި އެވެ.

ޒީނާޒް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން އާންމުންދާ ބައްދަލުކުރުމުން އެމީހުން ޕާޓީއަށް ވަންނަން ބޭނުންވެފައި ތިބިކަން ހާމަވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެކި ސަބަބުތަކާ ހެދި ޕާޓީއަށް ނުވަދެވި ތިބި މީހުންނާއި އަދި ފޯމު ހުށަހެޅުމުން މިހާތަނަށް ޕާޓީއަށް ވައްދާފައި ނުވާ މީހުން ހިމެނޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ހަރަކާތް ފެށި ފަހުން ފުރި އާ ފޯމުތައް ޕްރޮސެސް ނުކުރާތީ ޒީނާޒް ވިދާޅުވީ އަލަށް ޕާޓީއާ ގުޅުނީ ކިހާ މެންބަރުންނެއްކަން ދަންނަން ނޭންގޭ ކަމަށެވެ. ނަމަވެސް ޕާޓީއާ ގުޅެމުންދާ ފަރާތްތައް ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ. 

މި ހަރަކާތުގައި ޕީއެންސީގެ އިސްވެރިންނާއި ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި ޕީއެންސީގައި ރަޖިސްޓްރީކޮށްފައި ތިބީ 28،704 މެންބަރުންނެވެ. ޕީޕީއެމްގައި 34،827 މެންބަރުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. އެންމެ މެންބަރުން ގިނައީ އަދިވެސް އެމްޑީޕީގަ އެވެ. އެޕާޓީގައި 50،980 ރަޖިސްޓްރީވެފައި އެބަތިއްބެވެ.

ޕީއެންސީއަކީ މީގެ ކުރީގައި ވަރަށް ކުޑަ ޕާޓީ އެކެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ވާދަނުކުރެވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުންނެވީ ޕީއެންސީގެ ޓިކެޓުގަ އެވެ. އެމަނިކުފާނު އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އެ ޕާޓީގެ މެންބަރުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުރީގައި ޕީއެންސީ އޮންނަނީ ޕީޕީއެމް ދަށުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.