ހުޅަނގު މޫސުމުގެ ބާރު ގަދަވަނީ، މީ ވިއްސާރަ ދުވަސްތަކެއް

މޫސުމާ ބެހޭ ގައުމީ އިދާރާއާ ހަވާލާދީ އެންޑީއެމްއޭ އިން ބުނީ މިއަދާ ލައިގެން ކުރިއަށް އޮތް ހަތަރު ދުވަހު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދު ވައި ބާރުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

މޫސުން ގޯސް ދުވަހެެއް: މާދަމާ ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ -- ދަމިރާ

މާދަމާ އިން ފެށިގެން ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށާއި މިއަދާއެކު ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއާ ހަވާލާދީ އެންޑީއެމްއޭ އިން ބުނީ މިއަދާ ލައިގެން ކުރިއަށް އޮތް ހަތަރު ދުވަހު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދު ވައި ބާރުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

އެހެންކަމުން، ރައްޔިތުންގެ މުދަލާ ގެދޮރަށް ލިބިދާނެ ގެއްލުމަށް ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ކުރިޔާލާ ތައްޔާރުވުމާއި ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން، ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުން ވެދާނެ މުދާތައް ފެން ނުޖެހޭ ތަނަކަށް ބަދަލުކުރުމާއި، ވައި ގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލާނެ ކަމަށް ލަފާކުރެވޭނަމަ ވާ ފަދަ އެއްޗަކުން އައްސާފާ ބޭއްވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. އަދި، ބޭނުން ނުކުރާނަމަ ކަރަންޓު ސާމާނު ނިއްވާފައި ބެހެއްޓުމުގެ އިތުރުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

މިއަދުގެ މޫސުން - މޫސުމާ ބެހޭ އިދާރާއިން މިއަދުގެ މޫސުން ލަފާކޮށް ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރައި އަދި ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަނޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ކަނޑު ވެސް އާދަ ވަރަކަށް މަޑުވި ނަމަވެސް ކެރިގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިރާރާއިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.