އުލިގަމް ޔޮޓްމެރީނާ އަށް ތިން ޕާޓީއެއްގެ ޝައުގުވެރިކަން

ޔޮޓް މެރީނާގެ މަސައްކަތް މި އަހަރު ފަށައި އަހަރު ދުވަހުން މަސައްކަތް ނިންމަން އެމްޕީއެލް އިން ދަނީ ތައްޔާރު ވަމުންނެވެ.

ރާއްޖޭގެ ބަނދަރެއްގައި ޔޮޓުތަކެއް : އެމްޕީއެލް އިން ދަނީ އުލިގަމްގައި ޔޮޓް ބަނދަރެއް ހަދަން ތައްޔާރު ވަމުން -- އެމްއައިޓީޑީސީ

އުލިގަމް ޔޮޓް މެރީނާ އަށް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާ މި މަސައްކަތާއެކު އުތުރު ބަަދަލު ވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ. 

ގައުމީ ޓީވީގައި އެމްޕީއެލް ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި ގޮތުގައި މެރިޓައިމް ދާއިރާ އިން އުތުރުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން އެ ކުންފުންޏާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ ވެސް އިތުރު ވެގެންދާނެ އެވެ. މި މަސައްކަތްތަކުގެ ދަށުން އުލިގަމް ޔޮޓް މެރީނާ ހަދާނެ ބަޔަކަށް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. 

ސީއީއޯ ވަޖީހު ވިދާޅުވީ ޔޮޓް މެރީނާ ހަދައިދޭން ތިން ޕާޓީއަކުން ޝައުގުވެރިފައިވާ ކަމަށާ އެކަމަށް އެކަށީގެންވާ ކުންފުންޏެއް ނަގާނެ ކަމަށެވެ.

"ޔޮޓް މެރީނާ އަޅަން ދެރިން ފަރާތުން ވަނީ ޝައުގުވެރިވެފައި. އެފަރާތްތައް ޝޯޓް ލިސްޓްކޮށްފަ މިކަން ނިންމާނީ އެންމެ ރަނގަޅު ކޮށްދޭނެ ފަރާތަކަށް. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެތަން ހިންގާކަށް. މިިކަން ކުރަން އަންނަ އިންޑަސްޓްރީގެ ޕާޓީއަކަށް ކުއްޔަށް ވެސް ދެވިދާނެ،" ވަޖީހު ވިދާޅުވި އެވެ.

ޔޮޓުގެ އަދަދު ޑަބަލް ވެގެންދާނެ

އޭނާ ވިދާޅުވީ ޔޮޓް މެރީނާއާއެކު މިހާރު މަހެއްގެ މައްޗަށް އަންނަ 50 ޔޮޓުގެ ދެ ގުނަ އިތުރު ވެގެންދާނެ އެވެ.

"އުލިގަމް ޔޮޓް މެރީނާ ގާއިމް ކުރީމަ މިހާރު އަންނަ ޔޮޓްތައް ޑަބަލް ވެގެންދާނެ މީގެ ކުރިން ވެސް އެތަނުގައި ވެސް ޔޮޓުތައް އާދެ. އެކަމަކު ކޮން ވެރިއަކަށް ތޯ އެކަން ކުރެވުނީ. އެތަނުގަ ޔޮޓް މެރީނާއެއް ގާއިމްކުރަން. އަޅުގަނޑުމެން ދިޔައީމަ އެ ރަށުގެ ރައްޔިތުން ރޮއެފަ ބުނީ މިކަން ކޮށްދޭން. މިކަން ކޮށްދެވޭނީ ސަރުކާރު ބައިވެރިނަށޭ. މި ހިދުމަތް ގާއިމްކޮށް ދޭށޭ،" ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޮޓް މެރީނާގެ ސަބަބުން ބޭރުން އަންނަ ޔޮޓުތައް ރާއްޖޭގައި އަޅާފައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

"އޭރުން އުލިގަމް [ޔޮޓް މެރީނާ] ގައި ޔޮޓް ބާއްވާފަ ފުރައިގެން ދާން ފުރުސަތު ލިބޭނެ. އޭރުން އެ ޔޮޓް ބަލަހައްޓާނީ ދިވެހި ޕާޓީއެއް،" ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލް އިންވަނީ މި އަހަރުތެރޭ ޔޮޓްމެރީނާގެ މަސައްކަތް ފަށައި މި އަހަރުތެރޭ މަސައްކަތް ނިންމައި ހިދުމަތް ފަށަން ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.