ރާއްޖެ-އިންޑިއާގެ ވަރުގަދަ ގުޅުން ދަމަހައްޓާނަން: މިނިސްޓަރު ޒަމީރު

ޒަމީރު ވިދާޅުވީ ރާއްޖެ އޮތީ އިންޑިއާއާއެކު ގުޅުން ވަރުގަދަކޮށް އެކުވެރި ކަމާއެކު ކުުރިއަށް ދިއުމުގެ އުންމީދާއި އަޒުމުގަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރާއްޖެ އާއި އަވައްޓެރި އިންޑިއާގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ވަރުގަދަ ގުޅުން ދަމަހައްޓަވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.  

މިނިސްޓަރު މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއް ގައި މިރޭ ރާއްޖެ ވަޑައިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތާއި ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގަ އެވެ.

ޒަމީރު ވިދާޅުވީ ރާއްޖެ އޮތީ އިންޑިއާއާއެކު ގުޅުން ވަރުގަދަކޮށް އެކުވެރި ކަމާއެކު ކުުރިއަށް ދިއުމުގެ އުންމީދާއި އަޒުމުގަ އެވެ. އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކެއް ގާއިމު ކުރައްވާނެ އެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މާލޭގެ އިތުރުން ދެކުނު މައި ސިޓީ -- އައްޑޫ އަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅު ކުރެއްވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނު މަހާވަރް، ދާދި ފަހުން ވަނީ ރައީސް މުއިއްޒުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް އިތުރު ހަރުފަތަކަށް ގެންދިއުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލި މައްސަލާ ގައި ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް ދެ ގައުމުން މަޝްވަރާގެ އުސޫލު ހިޔާރުކޮށް އެކަމުގައި އަމަލު ކުުރި ގޮތުން ދެ ގައުމުގެ ގުޅުމަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެއް ނުވެ އެވެ.

ރައީސް މުއިއްޒާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބޮޑުވަޒީރު ކަމުގެ އިތުރު ދައުރަކަށް މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.