ފެނަކައިގެ ޗެއާމަނާއި ބޯޑް ދެ މެންބަރަކު މަގާމުން ވަކިކޮށްފި

އެނގިފައިވާ ގޮތުގައި ވަކި ސަބަބެއް ބަޔާން ނުކޮށް އެ ތިން ބޭފުޅުންނަށް މިހާރު ވަނީ ބޯޑުން ވަކިކުރައްވާފައިވާ ކަން ރަސްމީކޮށް އަންގާފަ އެވެ.

ކުންފުނީގެ ޗެއާމަން (ކ) ބޯޑް ދެ މެންބަރުން

ފެނަކައިގެ ޗެއާމަން އަހްމަދު ޝަހީރާއި ކުންފުނީގެ ބޯޑްގެ ދެ މެންބަރަކު މަގާމުން ވަކިކުރައްވައިފި އެވެ.

އެ ބޭފުޅުން މަގާމުން ވަކިކުރައްވާފައިވާ ކަން ސަރުކާރުގެ އިސް ބޭފުޅަކު ވެސް ވަނީ ޔަގީން ކޮށްދެއްވާފަ އެވެ. ފެނަކައިގެ ޗެއާމަން އަހްމަދު ޝަހީރުގެ އިތުރުން ބޯޑުން ދެން ވަކިކުރެއްވީ އިބްރާހިމް ނާއިފް އާއި އަހްމަދު އީހާބު އެވެ.

ނާއިފަކީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. ނަމަވެސް އެ މަގާމު ގައި އޭނާ ހުންނަވާނެ އެވެ.

އެނގިފައިވާ ގޮތުގައި ވަކި ސަބަބެއް ބަޔާން ނުކޮށް އެ ތިން ބޭފުޅުންނަށް މިހާރު ވަނީ ބޯޑުން ވަކިކުރައްވާފައިވާ ކަން ރަސްމީކޮށް އަންގާފަ އެވެ. "މިރާ" އަށް އެނގިފައިވާ ގޮތުގައި ކުންފުނީގެ މިހާރުގެ ޕްރޮކިއުމަންޓް ޕޮލިސީއާ މި ތިން ބޭފުޅުން ވެސް ދެކޮޅު ހަދަވަ އެވެ. ޕޮލިސީ ހަރުދަނާކޮށް މިހާރު ހުރި ގޯސްތައް ރަނގަޅު ކުރުމަށް އެ ބޭފުޅުން ވަކާލާތު ކުރައްވަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އަހްމަދު ޝަހީރު ހަމަޖައްސަވާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. ޝަހީރު ވަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި - އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހާލުގައި އޮތް ކުންފުންޏަކީ ފެނަކަ އެވެ.

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރު ގައި ސިޔާސީ ބޭނުމަށް އެތައް ސަތޭކަ ބަޔަކަށް ވަޒީފާ ދީ ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުކޮށް ހިންގުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ދަރަނި ވެރިވެފައެވެ. ކުދި / މެދު ފަންތީގެ ކުންފުނިތައް ލައްވާ ކުރުވި އެތައް މަސައްކަތަކަށް ފައިސާ ދައްކާފައެއް ނުވެ އެވެ. މި ސަރުކާރުން ދަނީ ފެނަކަ ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ބުނެ އެވެ. އަދި ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހަދާފައިވާ ކަމަށް ވެސް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.