ގާސިމާއި އަބްދުއްރަހީމް ސަން އައިލެންޑްގައި، މަޝްވަރާގެ ތަފްސީލެއް ނެތް

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ގާސިމާއި ބައްދަލު ކުރެއްވުމަށް އަބްދުއްރަހީމް ވަޑައިގެންނެވުމުން ހޫނު މަރުހަބާ އެއް ދެންނެވި ކަމަށެވެ.

އަބްދުއްރަހީމަށް ގާސިމް މަރުހަބާ ދަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ގާސިމްގެ ރިސޯޓް ރަށް، ސަން އައިލެންޑްގައި ބައްދަލު ކުރައްވައިފި އެވެ. 

އަބްދުއްރަހީމް އިއްޔެ ވަނީ އދ، މާމިގިއްޔަށް ވަޑައިގެންފަ އެވެ. ގާސިމްގެ ވިލާ ކުންފުނިން ތަރައްގީކޮށް ހިންގަމުންދާ މާމިގިލީ އެއާޕޯޓުން އަބްދުއްރަހީމަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވާފަ އެވެ.

އިސްވެ މަރުހަބާ ދެންނެވީ ގާސިމް އެވެ. އެއާޕޯޓްގެ އިސްވެރީންނާއި މާމިގިލީގެ ޖޭޕީ މެންބަރުން ވެސް އަބްދުއްރަހީމަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ގާސިމާއި ބައްދަލު ކުރެއްވުމަށް އަބްދުއްރަހީމް ވަޑައިގެންނެވުމުން ހޫނު މަރުހަބާ އެއް ދެންނެވި ކަމަށެވެ.

ދެ ބޭފުޅުން ކުރެއްވި މަޝްވަރާގެ ތަފްސީލެއް ލިބިފައި ނުވާ ކަމަށާ އެ މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް އަލީ ވިދާޅުވި އެވެ.

މާމިިގިއްޔާ ދާދި ކައިރީގައި ގާސިމްގެ ވިލާ ކުންފުނިން ދެ ރިސޯޓް ހިންގަ އެވެ. ދެ ބޭފުޅުން ތިއްބެވީ ބޮޑު ރަށް -- ސަން އައިލެންޑްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.