ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔެފައިވާ ހުތުބާއެއް ކިޔައިފި

"އާއިލީ ގުޅުން ދެމެހެއްޓުން" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުތުބާއަކީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފާ ލިޔުއްވި ހިތުބާ އެކެވެ.

ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފާ. މިއަދު އިއްވީ އޭނާ ލިޔުއްވި ހުތުބާއެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިއަކު ލިޔުއްވާފައިވާ ހުތުބާއެއް އިއްވައިފި އެވެ.

"އާއިލީ ގުޅުން ދެމެހެއްޓުން" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުތުބާއަކީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފާ ލިޔުއްވި ހިތުބާ އެކެވެ.

އެކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ ހުކުރު ހުތުބާއެއް އަންހެން އިލްމުވެރިއަކު ލިޔުއްވި ފުރަތަމަ ފަހަރު ކަމަށެވެ.

މީގެ ކުރީން މުޅީން ވެސް ހުތުބާ ލިޔުއްވަނީ ފިރިހެން ބޭފުޅުންނެވެ.

އިނގިރޭސި ބަހުން ތަރުޖަމާ އަރުވަން ފެށުން

އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް މިއަދު ވަނީ އަރުވަން ފަށާފަ އެވެ.

އެގޮތުން މިއަދުގެ ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުގެ ލައިވް އަދި އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ވަނީ ގެނެސްދީފައެވެ. އަދި ކުރިއަށް އޮތް ހަފްތާއިން ފެށިގެން ޓީވީ ޗެނަލްތަކަށްވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.