ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއް ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ދެކޮޅުހައްދަވައި ނަތަންޔާހޫ ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ އިސްރާއީލުގެ ބާރުވެރިކަން ހިނގާ ގޮތަށް ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް އިންތަކެއްގެ ތެރޭގައި އޮތުމަށް ކަމުގަ އެވެ.

ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ

ފަލަސްތީނުގެ ހުޅަނގު އައްސޭރި އިސްރާއީލުން އިސްތިއުމާރުކޮށްފައި އޮތުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަަލެއްކަމަށް ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައިސީޖޭ)އިން ކަނޑައަޅައި އެ އިސްތިއުމާރު ނިމުމަކަަށް ގެންނަންޖެހޭކަމަށް ބަޔާންކުރިތާ މަސްދުވަސް ނުވަނީސް ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއްކަމަަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަަންޔާހޫ ވިދާޅުވެއްޖެ އެވެ. 

"އެއީ އަހަރުމެންގެ ގައުމުގެ ފަސްގަނޑުން ބައެއް. އަހަރުމެން ގަސްތުކުރަނީ އެތަނުގައި ތިބެން،" ހުޅަނގު އައްސޭރިއަށް އިޝާރަތްކުރައްވައި ޓައިމް މަޖަައްލާައަށް ދެއްވި ބަސްދީގަތުމެއްގައި ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ދެކޮޅުހައްދަވައި ނަތަންޔާހޫ ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް އިންތަކެއްގެ ތެރޭގައި އޮވެފައި ސަލާމަތީ ހުރިހާ ކަންކަމެއް ބެލެހެއްޓުމުގެ ބާރު އިސްރާއީލަށް އޮންނަ ގޮތަށް ކަންކަން ގެންދިއުމަށް ކަމުގަ އެވެ. 

ނަތަންޔާހޫގެ މި ރައުޔައަކީ އިސްރާއީލަށް އެންމެ ބޮޑަށް މަދަދުވެރިވާ އެމެރިކާގެ ވިސްނުމާ މުޅިން ފުށުއަރާ ވިސްނުމެކެވެ. އެމެރިކާއިން ވަކާލާތުކުރަމުން އަންނަނީ ދެ ދައުލަތުގެ ހައްލަކަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ ފަލަސްތީނުގެ ބިންތައް ކަމުގައި އިސްރާއީލުން ގަބޫލުކުރާ ހުޅަނގު އައްސޭރީގެ އަވަށްތަކާއި ސިޓީތަކުގެ މައްޗަށް އިސްރާއީލުގެ ވެރިކަމެއް ނުހިނގާ ކަމަށެވެ. އިސްރާއީލުން ޖެނީނާއި ރާމުﷲ ފަދަ އަވަށްތަކަށް ވަންނަނީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި އެކަނި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އިދާރާއަށް އިދާރީ ހިންގުމުގެ ބައެއް ބާރުތައް އޮންނަ ނަމަވެސް އެ ސަރަހައްދުގެ މައްޗަށް ހިނގަނީ އިސްރާއީލުގެ ބާރެވެ. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، ވައިގެ ސަރަހައްދާއި ވަދެ ނިކުމެވޭ ބަނދަރުތަކާއި އެ ސަރަހައްދުގެ ކަންކަން ރާވައި ހިންގުމުގެ ސިޔާސަތުތައް ކޮންޓުރޯލުކުރަނީ އިސްރާއީލުންނެވެ. 

އޭގެ އިތުރަށް ހުޅަނގު އައްސޭރީގައި ޓެކުސް އެއްކުރުމާއި އިގުތިސާދު ހިންގުމުގެ ބޮޑު ދައުރެއްވެސް އޮންނަނީ އިސްރާއީލުގެ އަަަތްމައްޗަށް ނަގާފަ އެވެ. އަދި އެ ގައުމުން އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އަސްކަރީ ކޯޓުތަކުގެ ތެރެއިން ފަލަސްތީނު ރައްޔިތުންނަށް ހާއްސަ ތަފާތު ޝަރުއީ ނިޒާމެއް އިސްރާއީލުން އަންނަނީ ހިންގަމުންނެވެ. 

މި އިންޓަވިއުގައި ނަތަންޔާހޫވަަނީ ހަމާސް ނައްތައިނުލެވެނީސް އިސްރާއީލުން މިހާރު ޣައްޒާގަައި ހިންގަމުންދާ އުދުވާނީ ހަނގުރާމަަ ނިމުމަކަށް ނުގެންނަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.