ވީއައިއޭން ޑްރަގާއެކު ނެގި މީހާގެ ވަނަވަރު ހާމަކޮށްފި، މަޑަވެލީ އަންހެނެއް

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެ އެވެ. ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމް ކަމަށެވެ.

ވީއައިއޭން މިއަދު ހައްޔަރު ކުރި އަންހެން މީހާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ހުއްޓާ މަސްތުވާތަކެތި ފެނުނު މީހާގެ ވަނަވަރު، ފުލުހުން އާންމުކޮށްފި އެވެ.

ރޭ ގައި އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ އަންހެނެކެވެ. އެއީ ގދ. މަޑަވެލީ އުދަރެސް، ސަހާ ވަހީދެވެ. 

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެ އެވެ. ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައި ގައި ހައްޔަރު ކޮށްފައިވާ މީހާގެ ވަނަވަރު އާންމު މިކުރީ ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރު އާންމުކުރަން ފެށުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.