ޑްރަގް އެތެރެވުން ހުއްޓުވަން ދެ މުއައްސަސާގެ ކޮމިޝަނަރު މަޝްވަރާ ކުރައްވައިފި

ކޮމިޝަނާ އޮފް ޕޮލިސްގެ އޮފީހުގައި އޮތް ބައްދަލްވުމުގައި މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް އެކުގައި މަސައްކަތް ކުރުމުގެ އައު ނިޒާމުތައް ގާއިމު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅިގެން ކުރެވޭ މަސައްކަތް ފުޅާކުރުމަށް މަޝްވަރާ ކުރެެއްވުމަށް ބޭއްވެވި ބައްދަލްވުން

މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވާ ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވެރީން މަޝްވަރާ ކުރައްވައިފި އެވެ.

ފުލުހުން ބުނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މިއީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅިގެން ކުރެވޭ މަސައްކަތް ފުޅާކުރުމަށް މަޝްވަރާ ކުރެެއްވުމަށް ބޭއްވެވި ބައްދަލްވުމެކެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ އޮފީހުގައި އޮތް ބައްދަލްވުމުގައި މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް އެކުގައި މަސައްކަތް ކުރުމުގެ އައު ނިޒާމުތައް ގާއިމު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެ ފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާ ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ހާއްސަކޮށް މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ފުޅޭކޮށް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.