ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުން ކުރަން ފަށަނީ

އެޗްޑީސީން ބުނީ ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގާއިމް ކޮށްފައިވާ ހިދުމަތެއް ކަމަށެވެ.

ވިނަރެސް ފްލެޓްތައް

ހުޅުމާލޭގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ އެކްސެސް ސިސްޓަމާއި ދޮރުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް ބޭނުން ކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު އަލުން ބޭނުން ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

"އެހެންކަމުން ވިނަރެސްގެ އެކްސެސް ޓެގު ނުނަންގަވާ ބޭފުޅުން ވީ އެންމެ އަވަހަކަށް އެކްސެސް ޓެގު ވިނަރެސް 10 ގެ މެނޭޖްމެންޓް އޮފީހުން ހަވާލުވެލެއްވުން އެދެން،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެޗްޑީސީން ބުނީ ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގާއިމް ކޮށްފައިވާ ހިދުމަތެއް ކަމަށެވެ. އެތަކެއްޗަށް ގެއްލުން ދިނުމަކީ ހިދުމަތް ބޭނުންކުރާ ހުރިހާ އެންމެންގެ ހައްގަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.

"މިތަކެއްޗަށް ގެއްލުންދޭ ފަރާތްތަކާމެދު މިކޯޕަރޭޝަނުން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވިން،" އެޗްޑީސީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.