ޓޫރިޒަމް ބޮޑު މުސާރަ ލިބޭ މަގާމުތަކަށް ދިވެހިން ނެރުމުގެ ޕްރޮގްރާމް ފަށަނީ

މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ޝެފުންނާއި ސޭލް ޑިރެކްޓަރުން އަދި ޖީއެމް ފަދަ ދާއިރާތަކުގައި ދިވެހިން ތިބޭނެ ގޮތެއް ހަދަން މަސައްކަތް ކުރައްވާނެ އެވެ.

ރާއްޖޭގައި ބޭއްވި ފެއާއެއްގައި ދިވެހި ދެ ޝެފުންނާ ބޭރުގެ ޝެފް ޖަޖެއް ވާހަކަ ދައްކަނީ -- ހޮޓެލް އޭޝިއާ

ޓޫރިޒަމް ސިނާއަތުގައި ބޮޑު މުސާރަ ލިބޭ މަގާމުތަކަށް ދިވެހިން ނެރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ދިވެހިން އަބަދު ވެސް ޓޫރިޒަމްގެ އާދައިގެ މަގާމުތަކުގައި ތިބެން ނުޖެހޭ ކަމަށާ ސަރުކާރުގެ އަމާޒަކީ ދިވެހިން މަތީ ފަންތީގެ މަގާމުތަކަށް ގެނައުން ކަމަށެވެ. 

ޝެފް ދާއިރާއަށް ޝައުގުވެރި ކުރުވަން މާސްޓް ޝެފް

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މި މަސައްކަތުގެ ދަށުން ޖީއެމް އާއި ސޭލްސް ޑިރެކްޓަރުން އަދި ޝެފުންގެ ގޮތުގައި ދިވެހިން ހަމަޖެއްސުމަށް ހާއްސަ ކުރުމުގެ ޕްރޮގްރާމެއް ފަށަން ވަނީ ނިންމާފަ އެވެ. މި މަސައްކަތުގެ ދަށުން ޕީއެސްއެމްއާ ގުޅިގެން ދުނިޔޭގެ މަޝްހޫރު މާސްޓަ ޝެފް ޝޯވް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.

"މާސްޓަ ޝެފް ގެނައުމުގެ މަގުސަދަކީ ޝެފުންގެ ދާއިރާއަށް ދިވެހިން ޝައުގުވެރިކުރުވުން. އެބަޖެހޭ މޯލްޑިވިއަން އައިޑަލް ފަދަ ޕްރޮގްރާމެއް ހިންގައިގެން ޝައުގުވެރި ކުރުވަން. ޝެފް ދާއިރާއަކީ ރަނގަޅު މުސާރައެއް ލިބޭ ދާއިރާއެއް. ލަގްޒަރީ ރިސޯޓްތަކުގައި އެބަތިބި 35،000 ޑޮލަރުގެ ސެލެރީ ލިބޭ ވަޒީފާތައް،" ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމްގެ ލީޑިން ޑެސްޓިނޭޝަނަށް ވާއިރު ރާއްޖޭގައި ތިބި ޓޫރިޒަމަށް ތަމްރީން ވެވޭނެ ގޮތެއް ހަދަން ޖެހެ އެވެ. ސަރުކާރުގެ އަމާޒަކީ އެ މަގަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހޮސްޕިޓާލިޓީ ދަސްކުރަން ބޭރުގެ ޔުނިވާސިޓީއަކަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި އެ ހިދުމަތާއެކު ރިސޯޓްތަކުން ތަމްރީން ވީމަ މާ ޕްރެކްޓިކަލް ހެން އަޅުގަނޑަށް ހީވަނީ. އެހެންވީމަ އެކަމަށް ޝައުގުވެރިކަމަށް ހުޅުވާލަން. ފުރަތަމަ ކަމަކަށް ތިން މަހުގެ ޕްރޮގްރާމަކަށްފަހު ގޭމް އާއި މަޓީއާއެކު މަޝްވަރާއަށް ދާނަން. ދިވެހިން ތަމްރީން ކުރާނަން،" ފައިސަލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.