ފައިސަލް ވިދާޅުވި ގޮތުގައި ގެސްޓްހައުސް އާއި ރިސޯޓްތަކުގެ އެނދުތައް އަތޮޅުތަކުގައި ހުންނަނާނެ އަދަދު ކަނޑައަޅަން މާސްޓް ޕްލޭނެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ޓޫރިޒަމް ފުޅާކުރަން ކޮންމެ އަތޮޅަކަށް މާސްޓަ ޕްލޭނެއް ހަދައި، ރަށްރަށުގައި ގެސްޓްހައުސް ތަކެއް އަޅަން ލޯނު ތަކެއް ދިނުމާއެކު އެމްއެމްޕީއާރުސީން ރަށާއި އަތޮޅު ޕްރޮމޯޓް ކުރަން ފަށަން ތައްޔާރު ވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ގެސްޓްހައުސް އަޅަން ޒުވާނުންނަށް ފުރުސަތު ދޭން އިތުރު މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ބޭންކްތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑު ހުރިހާ ޒުވާނުންނަށް ބުނެލަން ބޭނުންވަނީ މިއީ ޓޫރިޒަމްގަ ޒުވާނުން ނުކުމެ އިންވެސްޓް ކުރަންވީ ވަގުތު. މިދަނީ ޓޫރިޒަމް ޕްރޮޑޮކްޓްތަކެއް އިންޓްރޮޑިއުސްކޮށް ރަނގަޅު އިންސްޓްރެސްޓް ރޭޓްތަކެއްގައި ގެސްޓްހައުސް / ހޮޓެލް އަޅަން ލޯނުތަކެއް ދޭން މި އަހަރުތެރޭގައި ހުޅުވާލެވޭނެ،" ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދެކެން ބޭނުންވަނީ އައްޑޫގެ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓް ފްލައިޓް ޖައްސަައި އެނދުތައް ފުރިގެން ދިއުމެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ކޮންމެ އަތޮޅަކަށް މާސްޓަ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ.
"ގެސްޓްހައުސް ފަސޭހައިން މި އޮތީ ހަމައެކަނި މާލެ އަތޮޅުގަ. މުޅި ޖުމްލަ ރާއްޖޭގަ އެބަހުރި 16،000 ގެސްޓްހައުސް އެނދު. ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ފުޅާ ކުރަން ކޮންމެ އަތޮޅަކަށް ޕާސްޓަ ޕްލޭނެއް ހަދަމުން މިދަނީ. މާސްޓަ ޕްލޭން ނިމޭއިރު އެނގޭނެ ވަން އައިލެންޑުގެ ކިތައް ރިސޯޓް ތޯ ތަރައްގީ ކުރާނީ. ކޮން ރަށްތަކެއް ތޯ އެކަމަށް އެ ލޮކޭޓް ކުރާނީ. އެ ތަންތަނަށް އިންވެސްޓްމަންޓް ހޯދަން މަސައްކަތް ފަށާނީ،" ފައިސަލް ވިދާޅުވި އެވެ.
ޒުވާން މިނިސްޓަރު ވިދާޅުވި ގޮތުގައި މި މާސްޓަ ޕްލޭން ނިމޭއިރު އަތޮޅަކަށް އެންމެ ގިނައިން ބޭނުންވާ ގެސްޓްހައުސް އެނދުގެ އަދަދު ވެސް އެނގިގެން ދާނެ އެވެ. އަދި އެއަށްފަހު އެމްއެމްޕީއާރުސީގެ ބަޖެޓުން އަތޮޅާއި ރަށްތައް ޕްރޮމޯޓް ކުރުން ފެށިގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ކޮންމެ އަތޮޅެއްގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމާއެކު އަތޮޅު ޕްރޮމޯޓް ކުރުން އޭރުން އެމްއެމްޕީއާރުސީ ބަޖެޓުން ފެށިގެންދާނެ. އޭރުން އެ ރަށެއްގައި ހުރި ޔުނީކް ސެލިން ޕޮއިންޓްތައް ޕްރޮމޯޓް އައިޑެންޓިފައި ކުރެވި އެމްއެމްޕީއާރުސީން ޕްރޮމޯޓް ކުރާނެ،" ފައިސަލް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ވަނީ އަންނަ އަހަރުން ފެށިގެން ދެ ޓެކުހަކުން ބައެއް ޓޫރިޒަމް މާކެޓިންއަށް ހާއްސަ ކުރަން ނިންމާފަ އެވެ. އަންނަ އަހަރުން ފެށިގެން މާކެޓިން ބަޖެޓު 25 މިލިއަން ޑޮލަރަށް ބޮޑު ކުރަން ނިންމާފަ އެވެ.