ޣައްޒާގެ ހަނގުރާމައަށް ދެމިގެންދަނިވި ހުއްޓުމެއް ގެނައުމަށް ޒަމީރު ގޮވާލައްވައިފި

އިންސާނީ އެހީ ފޯރުކޮށްދޭ ގާފިލާތަކަށް އެކަށީގެންވާ މިންވަރަށް އެހީ އެއްކޮށް ޣައްޒާގެ އަހުލުވެރިންނަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ މަގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޒަމީރު ގޮވައިލެއްވި އެވެ.

ފަލަސްތީނަށް އެހީވާ ގައުމީ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު؛ އދ މެދުވެރިކޮށް ރާއްޖެއިން ފަލަސްތީނަށް ދެމުންގެންދާ އެހީ 10 ގުނައަށް އިތުރުކޮށްފި -- ފޮޓޯ: ރައީސް އޮފީސް

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދާއިމީ ނިމުމަކަށް ގެނައުމަށް ހާރިޖީވަޒީރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ. 

އޯއައިސީން އިއްޔެ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އާދަޔާ ހިލާފު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރުވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވާފަ އެވެ. 

އަދި ގާނޫނުތަކަށް އިހުތިރާމުކުރުމާއެކު ގާނޫނީ ނިޒާމު ނަގަހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރުގެ މުހިއްމުކަން ޒަމީރުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.  

އަވަހަށް ދެމެހެއްޓެނެވި ގޮތެއްގައި ހަމަލާތައް ބަދަލުކުރުން ހުއްޓައިލުމަށް ޒަމީރު ގޮވައިލެއްވި އެވެ. އަދި މަދުމަދުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެމުން ދިއުމަކީ މިހާރު ފުދޭ މިންވަރެއް ނޫންކަން ފާހަގަކުރައްވައި، އިންސާނީ އެހީ ފޯރުކޮށްދޭ ގާފިލާތަކަށް އެކަށީގެންވާ މިންވަރަށް އެހީ އެއްކޮށް ޣައްޒާގެ އަހުލުވެރިންނަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ މަގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޒަމީރު ގޮވައިލެއްވި އެވެ. 

ފަލަސްތީނު މައްސަލާގައި ދާއިމަށްވެސް ފަލަސްތީނާއެކު ދިވެހި ސަރުކާރު ދެމިއޮންނާނެކަން ތަކުރާރުކޮށް ފާހަގަކުރެއްވުމާއެކު މިނިސްޓަރު ވިދާޅުވީ ފަލަސްތީނު މައްސަލާގައި ދެމިގެންދާނެ ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ އިރުމަތީ ގުދުސްގައި ވެރިރަށް ގާއިމުވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދުވުން ކަމަށެވެ. 

އަދި އެ ބައްދަލުވުމުގައި މިނިސްޓަރުވަނީ ޙަމާސްގެ ސިޔާސީ އޮފީހުގެ އެންމެ އިސްވެރިޔާ އިސްމާއީލް ހަނީޔާ އަވަހާރަކޮށްލުން ކުށްވެރިކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.