"އިންވެސްޓަރުންނަށް ފަހި މާހައުލެއް ސަރުކާރުން ގާއިމުކޮށްދޭނެ"

ސަރުކާރު ދެމިއޮންނާނީ އިންވެސްޓަރުން ޝައުގުވެރިވާ އެ އިންވެސްޓަރުންނަށް އެހީތެރިކަން ލިބޭ މާހައުލެއް ގާއިމުކޮށް، އެންމެންނަށް މަންފާކުރަނިވި ކާމިޔާބު ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާކުރުމުގެ މަސައްކަތްކުރުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި

ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތްކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

އޭޝިޔާ ޕެސިފިކް ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަަރު ވިދާޅުވީ ރާއްޖެއަކީ ތަބީއީ ރީތިކަމާއި ސަަގާފީ ތަރިކައިގެ މުއްސަނދިކަމަށް މަޝްހޫރު މަންޒިލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ ވެފައިވަނީ ބައިނަަލްއަަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ފުރުސަތުތައް އޮތް މަންޒިލަކަށް ކަމަށެވެ. 

އަދި ސަރުކާރު ދެމިއޮންނާނީ އިންވެސްޓަރުން ޝައުގުވެރިވާ އެ އިންވެސްޓަރުންނަށް އެހީތެރިކަން ލިބޭ މާހައުލެއް ގާއިމުކޮށް، އެންމެންނަށް މަންފާކުރަނިވި ކާމިޔާބު ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާކުރުމުގެ މަސައްކަތްކުރުމުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ފައިސަލް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިލުންތެރިކަން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރާއްޖެއިން ދައްކުވައިދީފައިވާ ކަމަށެވެ. އަދި މިހާރު ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ގެންނަމުންދާ އިސްލާހުތަކާއެކު ތަރައްގީގެ އައު ދޮރުތައް ހުޅުވެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އިސްލާހުތަކުގެ ސަބަބުން އިންވެސްޓަރުން ބާރުވެރިކުރުވައި، އެންމެން އެދޭ ތަސައްވުރު ހާސިލުކުރުމަށް އިންވެސްޓަރުންނަށް ބޭނުންވާ ފަސޭހަކަމާއި އިތުބާރު ހޯދައިދެވޭނެ ކަމަށެވެ. 

ރާއްޖޭގައި އިންވެސްޓުކުރުމުގެ އެއް މޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަން ކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ތަކުރާރުކޮށް ރާއްޖެއިން ދިފާއުކުރަމުން އަންނަކަމާއި، ރާއްޖެއަށް ފަތުރުވެރިން ދުވާލަކު ޒިޔާރަތްކުރާ އެވެރެޖު އަދަދާއި، އެނދަކުން ލިބޭ އާމްދަނީގެ ނިސްބަތް މަތިކަމެވެ. 

ފައިސަލް ވިދާޅުވި ގޮތުގައި ސަރުކާރުން ގެންގުޅޭ ތަސަައްވުރުގެ ކުންނުގައި އޮތީ ދެމެހެއްޓެނެވި ތަރައްގީ އެވެ. ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކަަށް ސަރުކާރުން އަމަލީ ގޮތުން ތާއީދުކޮށް ހުރިހާ ހިއްސާދާރުން އެ އުސޫލުތަކުގައި ހިފަހެއްޓުމަށް ބާރުއަޅަމުންދާ ކަމުގައި އޭނާ ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ތަބީއީ ރީތިކަމާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމާއެކު ޒިންމާދާރު ތަރައްގީ ގެނައުމަށް ބޭނުންވާތީ ކަމުގައި ފާހަގަކުރެއްވި އެވެ. 

ގާނޫނީ އޮނިގަނޑުގެ ހަރުދަނާކަމާއި، ކެޕިޓަލް ކޮންޓުރޯލުތަކެއް ރާއްޖޭގައި ނެތުމާއި، އިންވެސްޓުމެންޓުން ލިބޭ އާމްދަނީ ބޭރަށް ގެންދިއުމުގައި ހުރި ފަސޭހަތައް ފަދަ ކަންކަމަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް ލިބޭ ހަރުދަނާ އަސާސެއް ކަމުގައި ފައިސަަލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.