ގިނަ މަސްތަކަކަށް ފަހު ބްރިޖު ގޭޓް ދިއްލާލައިފި

ފުރަތަމަ އެ އަކުރުތައް ނިވެން ފެށީ 2019 އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މާލެއާ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖްގެ މައި ދޮރާށި ދިއްލާލާފައި -- ދަ މިރާ

މާލެއާ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖްގެ މައި ދޮރާށި ގިނަ މަސްތަކަކަށް ފަހު މަރާމާތުކޮށް ދިއްލާލައިފި އެވެ.

އިސްލާމީވަންތަކަން ރަމްޒުކޮށްދޭ ބްރިޖް ދޮރާށީ ގައި "ސިނަމާލެ ބްރިޖް" މިހެން ލިޔެ ދިއްލާލާފައި ހުރެ އެވެ. ފުރަތަމަ އެ އަކުރުތައް ނިވެން ފެށީ 2019 އޮގަސްޓް މަހުގެ ތެރޭގައެވެ. ބުރިޖްގައި ހިމެނޭ ލެޑް ބޮކިތައް ފަހަރަކު އަކުރެއް ނިވެމުން ގޮސް ނަމާއި ދޮރާށީގައި ހިމެނޭ ލައިޓްތައް ވެސް މުޅީން ނިވި އެތައް ދުވަހަކު ހުއްޓެވެ.

މީޑިއާތަކާއި އާންމުންގެ ފާޑުކިޔުން ބޮޑުވުމުން ލައިޓްތައް ހަދާ އަލުން ދިއްލީ އޭގެ ތިން މަސް ދުވަސް ފަހުންނެވެ. އޭގެ ފަހުން އަނެއްކާ ވެސް ފަހަރަކު އަކުރެއް ނިވެމުން ގޮސް ދޮރާށީގެ ގިނަ ލައިޓްތައް ނިވިފައި ހުންނަތާ އެތައް މަސްތަކެއް ވެއްޖެ އެވެ.

މި ސަރުކާރު އައިސް ބްރިޖު ދޮރާށި މަރާމާތު ކުރުމަށް ޗައިނާ ސަރުކާރާ އެކު އެއްބަސްވުން ގާއިމު ކުރި އެވެ. އެ މަސައްކަތް ފަށާ މިހާރު ވަނީ މުޅީން މަސައްކަތް ނިންމާފަ އެވެ. ދޮރާށީގެ ކުލަ ރީތިކޮށް ހުރިހާ އަކުރުތައް މިހާރު ހުރީ ދިއްލާލާފަ އެވެ.

މާލެއާ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖްގެ މައި ދޮރާށި ދިއްލާލާފައި -- ދަ މިރާ

ނަމަވެސް އެތަން އަދި މުޅީން މަރާމާތުކޮށް ނުނިމެ އެވެ. 

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ އެ ތަން އާންމުންނަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 7، 2018 އިގަ އެވެ.

ޗައިނާ ހިލޭ އެހީއާވެސް އެކު އެ ގައުމުގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން 200 މިލިއަން ޑޮލަރުގެ އަގަކަށް ހަދާފައިވާ ބްރިޖް މަސައްކަތް ފެށީ ޑިސެންމެބަރު 30، 2015 އިގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.