އަނަސްގެ މަރު؛ ތުހުމަތުވާ މީހުން ބަންދު ކޮށްދޭން އެދިއްޖެ

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކޯޓުން އެ ހުކުމް ކުރީ ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އޮތް މީހުން: އެމީހުން ބަންދުކޮށްދޭން ދައުލަތުން ވަނީ އެދިފައި --

މީގެ ހަތް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދު ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދިއްޖެ އެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކޯޓުން އެ ހުކުމް ކުރީ ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއިރު، އެމީހުން ބަންދު ކޮށްދިނުމުގެ އަމުރެއް ހޯދުމަށް ދައުލަތުން އެދިފައިވާކަން އެނގުނީ މިއަދު މި މައްސަލައިގެ އިސްތިއުނާފް ފެށުމަށް ބޭއްވި އަޑުއެހުމުގަ އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި އެކަމާ ގުޅިގެން ވާހަކަ ދައްކާފައެއް ނުވެ އެވެ.

މައްސަލަ ފެށުމަށް މިއަދު އަޑުއެހުން ބޭއްވި ނަމަވެސް ސިމާހާއި ޖުނައިހާއި ޝާޒް އަދި މަހްފޫޒް ކޯޓަށް ހާޒިރުވެފައި ވަނީ ވަކީލުންނާ ނުލަ އެވެ. އަފްރާހާއ ޒަޔާން އަދި އުސްމާން ހާޒިރުވީ ވަކީލު މުހައްމަދު ނިޝާނާ އެކު އެވެ.

ވަކީލަކު އައްޔަނު ކުރުމާ ގުޅޭ ގޮތުން ބެންޗުން ސުވާލުކުރުން ތިން މީހުން ވެސް ބުނީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލުންނާއެކުގައި ކަމަށެވެ. ވަކީލުން އައްޔަނު ނުވެ ހުރީ މާލީ ތަނަވަސްކަން ނެތުމުން ކަމަށާއި ހަފްތާއެއް ތެރޭގައި ހަމަޖެހޭނެ ކަމަށް ބުންޏެވެ.

އެހެންވެ، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވަނީ އެމީހުންނަށް ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ. ހަތް ދުވަސްތެރޭގައި ހަމަނުޖެހިއްޖެނަމަ ވަކީލަކާ ނުލައި މައްސަލަ ފައްޓަވާނެ ކަމަށް ވެސް ވިދާޅި އެވެ.

އެހެންކަމުން މި މައްސަލަ ފަށާނީ އެ މުއްދަތު ހަމަވުމުން ކަމަށާއި އެންމެ ފުރަތަމަ ގޮތެއް ނިންމާނީ ބަންދާމެދުގައި ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވި އެވެ. އިސްތިއުނާފީ ނުކުތާތައް ފަށާނީ އޭގެ ފަހުންނެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ޝަނީޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލާއި ހުސެއިން ޝަހީދެވެ.

މައްސަލައިގެ ހުލާސާ - މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ މާސްކް އަޅައިގެން ތިބި ބަޔަކު އޭނާ ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައިގެންނެވެ. އޭނާ މަރާލީ އަދާވާތްތެރި ގުރޫޕެއްގެ މެމްބަރެއް ކަމަށް ހީކޮށެވެ. އަނަސްއަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ މެދުގައި އޮތް އަދާވާތްތެރިކަމާ ގުޅިގެންނެވެ. ރަހުމުކުޑަކޮށް އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވި އެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައި، 2022 އަހަރުގެ އޮކްޓޯބަރު މަހު ވަނީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރު ވަނީ 10 އަހަރަށް ލުއިކޮށްފަ އެވެ.

އަނަސް މަރާލުމުގެ ތުހުމަތު އޮތް އެންމެން ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.