ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެންބަރުން ހުވާ ކޮށްފި

ކައުންސިލްގެ ބައި އިލެކްޝަން އޮތީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު ކައުންސިލުގައި ހުސްވެފައިވާ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން ވަނީ އިންތިހާބު ކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން މިއަދު ހުވާކުރި ރަސްމިއްޔާތުގައި މޭޔަރު އާދަމް އާޒިމާއެކު --

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން ކައުންސިލަރުން މިއަދު ހުވާ ކޮށްފި އެވެ. 

މެންބަރުން މިއަދު ހުވާކޮށްފައި ވަނީ އެކަމަށް ބޭއްވި ހާއްސަ ރައްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މޭޔަރު އާދަމް އާޒިމްގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަން ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކައުންސިލްގެ ބައި އިލެކްޝަން އޮތީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު ކައުންސިލުގައި ހުސްވެފައިވާ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން ވަނީ އިންތިހާބު ކޮށްފަ އެވެ.

ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެއީ؛

  • ފާތިމަތު ޝައުފާ ސަލީމް - ހެންވޭރު ހުޅަނގު
  • ފާތިމަތު އިޝާން އަލީ - މައްޗަންގޮޅި މެދު
  • އަލީ އައިމަން - ހުޅުމާލެ

މި ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހުނީ އެ ކައުންސިލަރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމުންނެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. 

މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހުމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ވެސް ކައުންސިލްތަކުގައި ތިބި މެންބަރުން ވަނީ މަޖިލީސް މެންބަރު ކަމަށް އިންތިހާބުވެފަ އެވެ. އެހެންވެ، އެ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ވެސް ކުރީން ވަނީ ބާއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.