ހެވީ ވެހިކަލް ސިނާއީ އަވަށަށް | އެމްޕީއެލް އިން ޕާކިން ޖާގަ ދޭން ހުޅުވާލަނީ

އެމްޕީއެލް އިން ވަނީ ހެވީވެހިކަލް ޕާކު ކުރަން ނަގާގެ އަގާއި ދޭނެ ސްލޮޓުގެ އަދަދުވެސް ހާމަކޮށްފަ އެވެ.

މާލެ އިންޑަސްޓްރިއަލް ޒޯން : ހެވީ ވެހިކަލް ޕާކު ކުރަން މިތަން ހާއްސަކުރަން ވަނީ ނިންމާފަ -- މިރާ

މާލެ އިންޑަސްޓްރިއަލް ވިލެޖު - ސިނާއީ އަވަށާ އެމްޕީއެލް އިން ހަވާލުވެ، ހެވީ ވެހިކަލް ޕާކް ކުރަން ޖާގަ ދޭން ނިންމައިފި އެވެ. 

އެމްޕީއެލް އިން ބުނި ގޮތުގައި މާލެ އިންޑަސްޓްރީއަލް ވިލެޖުގައި ހެވީ ވެހިކަލަށް ހާއްސަ ޕާކިން ޒޯނެއް ހަދަން ނިންމީ މާލޭގައި ބޭނުންކުރާ އެފަދަ ވެހިކަލްތައް އިތުރުވުމާއި އެކަމަށް ހާއްސަ ޕާކިން އޭރިއާއެއް ނެތް ކަމަށެވެ. 

އެމްޕީއެލް އިން ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ހެވީ ވެހިކަލަށް ޕާކިންއަށް ޖާގަ ދޭން ނިންމާފަ އެވެ. އެ ކުންފުނިން ވަނީ މި ސަރަހައްދުން ޕާކު ޖާހައަށް ނަގާނެ އަގުތައް ވެސް އިއުލާނުކޮށްފަ އެވެ.

ހެވީ ވެހިކަލް ޕާކިންގެ ޖާގަ އާއި އަގުތައް

  • ވިޔަފާރި ބަނދަރަށް ހިދުމަތްދޭ ޕިކަލް ލޮރީ - 100 ސްލޮޓް، އަގު 2،000ރ.
  • ބައުޒަރު 32 ސްލޮޓް - އަގު 4،000 ރ
  • ކްރޭން 4 ސްލޮޓް - އަގު 6،000 ރ
  • އެހެނިހެން އުޅަނދުތައް 30 ސްލޮޓް - އަގު ސްލޮޓް 4،000ރ.

އެމްޕީއެލް އިން ބުނީ މިވަގުތު މި އަދަދުތަކަށް ޖާގަދޭން ނިންމިނަމަވެސް ޑިމާންޑަށް ބަލައި ޖާގަ އިތުރު ކުރާނެ ކަމަށެވެ. 

މި ސަރަހައްދުން ޖާގަ ދޭނީ ފުރަތަމަ އެދޭ ފަރާތްތަކަށް އިސްކަން ދޭ އުސޫލުންނެވެ. އެހެންކަމުން ސްލޮޓް ކުއްޔަށް ނެގުމަށް އެދޭ ފަރާތްތަކުން، ލިޔުމުން އެމްޕީއެލް އަށް ހުށައެޅުމަށް އެދެން ޖެހެ އެވެ. އެ ލިޔުމާއެކު ވެހިކަލް ރަޖިސްޓްރީ އާއި އިންޝުއަރެންސް، ރޯޑްވާދިނަސް ހުށައަޅަން ޖެހެ އެވެ. އަދި ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ނަމަ ޑިފެންސް މިނިސްޓްރީ ނުވަތަ އެމްއެންޑީއެފުން ދީފައިވާ ލިޔުން އަދި ވެރިފަރާތް ނޫނީ އޮޕަރޭޓްކުރާ ފަރާތުގެ އައިޑީ ކާޑާއި ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަ ހަޅަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.